31 May 2016, 16:41
މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރު ގއ. ވިލިނގިލި ކައުންސިލުގެ ރައީސް ނަދީމު މުހައްމަދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ނަދީމުގެ ބަންދުގެ މުއްދަތަށް އިތުރު ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
ނަދީމު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ވިލިނގިލީ ތަނޑިރަތްމާގެ ބަލައި ފާސްކޮށް އެ ގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައި ހުރި ސެލޯފިން ކޮޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނުމުން ނެވެ.