31 May 2016, 09:02
އިންސާނާއަށް ބޭނުން ވަނީ ކިތައް ގަޑިއިރުގެ ނިދިތޯ ބެލުމަށް ޓަކައި ސައިންސުވެރިން ވަނީ ގިނަ ދިރާސާތައްކޮށްފަ އެވެ. އެގޮތުން ހެދި ދިރާސާތަކަށް ފަހު އެމެރިކާގެ ސްލީޕް ފައުންޑޭޝަނުން ބުނި ގޮތުގައި މީހާ ނިދަން ޖެހޭ މިންވަރު ބިނާވެފައި ވަނީ އެމީހެއްގެ އުމުރުގެ މައްޗަށެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ވަކި އުމުރެއްގެ މީހުން ނިދަން ޖެހޭ މިންވަރާ ބެހޭ ގޮތުން ސްލީޕް ފައުންޑޭޝަނުން ހަދާފައިވާ ޗާޓުގައިވާ ގޮތުން:
އުފަންވާ ދުވަހުން ފެށިގެން ތިން މަސް ވަންދެން ތުއްތު ކުދިންނަށް ދުވާލަކު 14 ގަޑިއިރާ 17 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވޭ
- ހަތަރު މަހުން ފެށިގެން 11 މަސް ވަންދެން ތުއްތު ކުދިންނަށް ދުވާލަކު 12 ގަޑިއިރާ 15 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވޭ
- އެކެއް ނުވަތަ ދެ އަހަރުގެ ކުޑަކުދިންނަށް ދުވާލަކު 11 ގަޑިއިރާ 14 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވޭ
- ތިން އަހަރާ ފަސް އަހަރާ ދެމެދުގެ ކުޑަކުދިންނަށް ދުވާލަކު 10 ގަޑިއިރާ 13 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވޭ
- ސްކޫލަށްދާ އުމުރުގެ ކުޑަކުދިން ކޮންމެ ދުވަހަކުވެސް ހަ ގަޑިއިރާ 13 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދުން މުހިއްމު
- 14 އަހަރާ 17 އަހަރާ ދެމެދުގެ ކުދިން ކޮންމެ ދުވަހަކުވެސް 8 ގަޑިއިރާ 10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދުން މުހިއްމު
- 18 އަހަރާ 25 އަހަރުގެ މީހުންނަށާއި 26 އަހަރާ 64 އަހަރާ ދެމެދުގެ މީހުންނަށް ބޭނުން ވަނީ ދުވާލަކު ހަތް ގަޑިއިރާ ނުވަ ގަޑިއިރާ ދެމެދުގެ ނިދި
- 65 އަހަރުން މަތިވުމުން ހަތް ގަޑި އިރު ނުވަތަ އަށް ގަޑިއިރުގެ ނިދިން ފުދޭ
މައުލޫމާތު: ސްޓެތްނިއުސް