އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބާއްވަން ނިންމާފައިވާ "ބޮޑު ޖަލްސާ" ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައި ނުދިން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވަން ދަރުބާރުގެ ހޯދުމަށް ލިޔުމުން މިމަހުގެ 11 ވަނަ ދުވަހު އެ ޕާޓީން ހައުސިން މިނިސްޓްރީގައި އެދުނު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބޭނުމަކަށް އެރޭ އެތަން ހަމަޖައްސާފައިވާތީ ޖަލްސާ ބާއްވަން ދޫކުރެވެން ނެތް ކަމަށް އިއްޔެ އަނގަބަހުން އަންގާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އޭނާގެ ވިދާޅުވީ އެގޮތަށް އެންގުމުން ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗު ހޯދަން އެދުމުން އެތަން ވެސް ދެވެން ނެތް ކަމަށް އަނގަބަހުން އަންގާފައިވާ ކަމަށެވެ.

"ހުރިހާ ޖަވާބެއް ވެސް ދީފައި ވަނީ އަނގަބަހުން. އެހެންވެ ލިޔުމުން އެ ޖަވާބުތައް ހޯދަން އަޅުގަނޑުމެން މި އުޅެނީ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.