ސިހުރު ހާހޫރަ ހަދަމުންދާކަމުގެ ތުހުމަތުގައި ފ. ފީއަލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 56 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ސިހުރު ހާހޫރަ ހަދަމުންދާ ކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދިޔުމާ ގުޅިގެންނާއި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ކޯޓުން ދީފަ އެވެ.