ޕާކިސްތާނުގެ ބޮޑުވަޒީރު މުޙަންމަދު ނަވާޒް ޝަރީފްގެ ހިތުގެ އޮޕަރޭޝަނެއް ކުރެއްވުމަށް ލަންޑަނުގައި އެޑްމިޓް ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މި މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު އާލާސްކަންފުޅާ އުޅުއްވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މާތްﷲ އެ މަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.