އަވަހާރަވުން

أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއަވަހާރަވި އަހަރަކާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފު ހުރެއެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 42 ވަނަ އަހަރު ކަމަށާއި،
44 ވަނަ އަހަރު ކަމަށާއި، 59 ވަނަ އަހަރު ކަމަށް ރިވާޔަތްތައް ހުރެއެވެ. ހަމައެފަދައިން އެކަމަނާ އަވަހާރަވީ ދިމިޝްޤުގައި ކަމަށާއި، މަދީނާގައި ކަމަށްވެސް ރިވާވެފައިވެއެވެ. ގިނަ ޢިލްމުވެރީން ޞައްޙަކަމުގައި ބައްލަވަނީ، އެކަމަނާ އަވަހާރަވީ ހިޖްރައިން 44 ވަނަ އަހަރު، މަދީނާގައިކަމަށް އައިސްފައިވާ ރިވާޔަތްތަކެވެ. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ 72 އަހަރުފުޅެވެ.

ޢިލްމުވެރިކަން

أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއަކީ ޢިލްމުވެރިކަމާއި ފަޞާޙަތާއި ބަލާޣަތުގެގޮތުން ދަރަޖަމަތިވެރި ބޭކަނބަލެކެވެ. ޙަދީޘު ރިވާކުރެއްވުމުގައި އެކަމަނާ ހިމެނިވަޑައިގެންފައިވަނީأمّهات المؤمنينގެ ތެރެއިން ތިންވަނަ ދަރަޖައިގައެވެ. އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައިأمير معاويةއާއި،عبد اللّـه بن عتبة بن أبى سفيانއާއި،عروة بن الزّبيرފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ބޭކަނބަލުންގެ ތެރޭގައި، އެކަމަނާގެ ދަރިކަނބަލުންحبيبةއާއި،زينب بنت أبى سلمةއާއި،صفيّة بنت شيبة عبدريّةހިމެނިވަޑައިގަންނަވައެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވަނީ ފަސްދޮޅަސްފަސް ހަދީޘެވެ. އޭގެތެރޭގައި ދެ އިމާމުން އިއްތިފާޤުވެވަޑައިގަންނަވާ ދެ ޙަދީޘުފުޅުވެއެވެ. ޞަޙީޙު މުސްލިމުގައި އިތުރު ޙަދީޘުފުޅެއްވެއެވެ.

أمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاގެ ޙަޔާތްޕުޅުގެ ފަހުކޮޅަކީ އިސްލާމީ އުންމަތުގައި ވަރަށްބޮޑެތި ފިތުނަތަކެއް އުފެދުނު ދުވަސްވަރެކެވެ.أميرالمؤمنين عثمانبن عفّان رضى اللّـه عنــهއަކީ އެކަމަނާގެ ވަރަށްގާތް އަޚެކެވެ.أمير معاويةއަކީ އެކަމަނާގެ ކޮއްކޯފުޅެވެ. ނަމަވެސް އެއްވެސްކަހަލަ ސިޔާސީ ޙަރަކާތެއްގައި އެކަމަނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ބާޣީންأميرالمؤمنين عثمانرضى اللّـه عنــهގެ ގަނޑުވަރު ވަށައިލައިعثمانގެފާނަށް ފެން ލިބިވަޑައިގަތުންވެސް މަނާކުރުމުން،على بن أبى طالبرضى اللّـه عنــهއާއެކުعثمانގެފާނަށް ފެންގެންގޮސްދެއްވަން މަސައްކަތްކުރެއްވިއެވެ. އިސްލާމީ ތާރީޚުގެ މިހިތާމަވެރި ދައުރުގެ ވާހަކަތައް ނުހަނު ތަފްސީލުކޮށް އަޅުގަނޑުވަނީ އަޅުގަނޑު ލިޔުނު ދެފޮތެއްކަމުގައިވާالخلفاء الرّاشدونގެ ތެރެއިންعثمان بن عفّانއާއިعلى بن أبى طالبއާ މިދެފޮތުގައި ލިޔެފައެވެ.

ބާޣީންގެ މީހަކުعثمانގެފާނުގެ ގަނޑުވަރުގެ ފާރުމަތީން އަރައިގެންވަދެ އެކަލޭގެފާނު ޝަހީދުކޮށްލި ޚަބަރު ލިބިވަޑައިގަތުމުންأمّ المؤمنينވަރަށްބޮޑަށް ހިތާމަކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "عثمانގެ ޤާތިލުގެ އަތްބުރިކުރައްވާށިއެވެ. މީސްތަކުންގެ ތެރޭގައި އޭނާ ނިކަމެތިކުރައްވާށިއެވެ." އަރަހުށި މާތްاللّـهއެކަމަނާގެ މި ދުޢާފުޅު އިޖާބަކުރެއްވިއެވެ.عثمانގެފާނު ޝަހީދުވިތާ އަހަރުތަކެއްގެ ފަހުން އެކަލޭގެފާނުގެ ޤާތިލުގެ ގެއަށް މީހަކުވަދެ ކަނޑީން އޭނާއާ ޙަމަލަދިނެވެ. ދިފާޢުވާން ކަނާތް ދިއްކޮށްލުމުން އެއަތް ބުރިވެގެން ވެއްޓިއްޖެއެވެ. އަނދެގެންހުރި އިޒާރު ދަތުން ހިފަހައްޓައިގެން ބޭރަށްނުކުމެ ދުވަނިކޮށް މީސްތަކުންގެ ކުރިމަތީގައި އިޒާރު ވެއްޓި ބަރަހަނާވިއެވެ.

أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއެކަމަނާގެ ކޮއްކޯފުޅުأمير معاويةގެ ޚަލީފާކަމުގައި ޝާމުކަރައިގެ ދިމިޝްޤަށް ދަތުރުފުޅެއް ކުރެއްވިއެވެ.

ޒާހިދުކަމާއި އަޅުކަންކުރެއްވުމުގެ ޝައުޤު

أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاކައުސާހިބާصلّى اللّـه عليه وسلّمގެ ފިޔަވަޅުފުޅުގެ މަތީގައި ހިންގެވޭތޯ ވަރަށްބޮޑަށް މިންނަތްކުރެއްވިއެވެ. އެކަމަނާ ހިންމަތްކުރެއްވީ އިތުރު ސާހިބާގެ އެއްވެސް ސުންނަތެއް ދޫކޮށްނުލެއްވޭތޯ ބެއްލެވުމަށެވެ. އެއްވެސްކަމެއްގައި އެކަލޭގެފާނުގެ އިރުޝާދާ ޚިލާފުވެވަޑައިނުގެންނެވުމަށެވެ. އެހެންކަމުން އެކަމަނާ އިތުރު ސާހިބާގެ ބަސްފުޅުތައް ވަރަށްބޮޑަށް ސަމާލުކަން ދެއްވައިގެން އަޑުއެއްސެވިއެވެ.

ކައުސާހިބާصلّى اللّـه عليه وسلّمއެއްފަހަރަކު ޙަދީޘުކުރެއްވިއެވެ. ފަރުޟުނަމާދުގެ އިސްފަހުގައި ރެޔާއި ދުވާލު ސުންނަތް ނަމާދުގެ ބާރަ ރަކުޢަތްކުރާ މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވާނެއެވެ. އިތުރު ސާހިބާ އެހެން ޙަދީޘުކުރެއްވީއްސުރެ އެކަމަނާ އެ ބާރަ ރަކުޢަތް ދޫކޮށެއް ނުލައްވައެވެ. އެކަމަނާގެ ބައްޕާފުޅު އަވަހާރަވިތާ ތިންދުވަސްވުމުން ހުވަނދުގެންނަވައި ތުރުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. މިވަގުތު އަހަރެން ހުވަނދުލާކަށެއް ބޭނުމެއްނޫނެވެ. އަހަރެން މިހުވަނދުލަނީ ކައުސާހިބާ
صلّى اللّـه عليه وسلّمއިރުޝާދު ދެއްވިފަދައިން ތިންދުވަހަށްވުރެ ގިނަދުވަހު ހިތާމައިގައި ނުއިނުމަށްޓަކައެވެ.

އެކަމަނާގެ އަވަހާރަވުމުގެ އާލާސްކަންފުޅުގައިأمّ المؤمنين السّيّدة عائشة رضى اللّـه عنهاއާއި،أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنهاގެ އަރިހަށް މީހަކު ފޮނުއްވައި ވިދާޅުވިއެވެ. ހަތުރަނބީންގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މެދުގައި ކުދިކުދި ކަންތައް ހިނގައިފައި ހުންނާނެއެވެ. އެކަންކަމަށް މަޢާފުކުރެއްވުން އެދެމެވެ. އެކަމާ ގުޅޭގޮތުންأمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވެފައިވެއެވެ.السّيّدة أمّ حبيبةއެގޮތަށް ޚަބަރު ފޮނުއްވުމުން ތިމަންކަމަނާ ވަރަށް އުފާފުޅުވިއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަވަނަ އަހަރުގެ ފަހުކޮޅު ނުވަތަ ހަތްވަނަ އަހަރުގެ ކުރީކޮޅުގައެވެ.

  2. ކައުސާހިބާصلّى اللّـه عليهوسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސްހައަހަރުފުޅު ނުވަތަ ހަތްއަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްއަށް އަހަރުފުޅެވެ.
  4. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ފަސްއަހަރުއެވެ.
  5. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ހަތްދިހަދެ އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން ސާޅީސްހަތަރުވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.

އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيانއަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް

  2. ތިޛުކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
  3. އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  4. އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  5. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޡަންފަރު ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ
  6. ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ

ސަރުދާރުفاطمة بنت

محمّد صلّى اللّـه عليهوسلّمމުފްތީ ޘާނާއުاللّـهމަޙްމޫދު

  1. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________