ހަމައެކަނި ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި، އޭނާ އަކީ ވަރަށް ދަހި އެކްޓަރެއް ކަމަށް ބޮލީވުޑުގެ ކާމިޔާބު ތަރި ވިދްޔާ ބާލަން ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހަށް ދިން އިންޓަވިއު އެއްގައި ވިދްޔާ ބުނީ މިހާރުވެސް މަރާޓީ ބައެއް ފިލްމުތަކުގެ ސްކްރިޕްޓުތައް ކިޔަމުން އަންނަ ކަމަށާއި، މަލަޔާލަމް ފިލްމެއްގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

"މިވަގުތު މި މަސައްކަތް ކުރަނީ މަލަޔާލަމް ފިލްމެއްގައި. އަހަންނަކީ ވަރަށް ދަހި އެކްޓަރެއް. ފުރުސަތު ލިބޭ ކޮންމެ ދިމާލަކަށްވެސް އަހަރެން ދާނަން،" ވިދްޔާ ބުނެފައިވެ އެވެ.

އެކް އަލްބޭލާގެ ފަސްޓް ލުކް --

ވިދްޔާ އެންމެ ފަހުން ފެނިފައި ވަނީ އިމްރާން ހާޝްމީ އާއެކު، "ހަމާރީ އަދޫރީ ކަހާނީ" އިންނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ބޮލީވުޑުގެ ކުރީގެ މަޝްހޫރު އެކްޓަރު އަދި ޝައްމީ ކަޕޫރުގެ އަންހެނުން، ގީތާ ބާލީގެ ހަޔާތުގެ މައްޗަށް އުފައްދާ މަރާޓީ ފިލްމު "އެކް އަލްބޭލާ" ގަ އެވެ.

ވިދްޔާ ބުނީ އޭނާ ކުޅުނު "ޑާރޓީ ޕިކްޗަރ" އަށް ފަހު 10 ބަޔޮޕިކް ގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އެއިން ފިލްމަކަށް އެއްބަސް ވެފައި ނުވާނެ ކަމަށެވެ.