އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނަޑާފަދަ އުތުރު އެމެރިކާގެ ގައުމުތަކުގައި އެންމެ ބާރަށް ވިކެމުންދާ ޓީސީއެލްގެ އިލެކްޓްރޯނިކް ސާމާނުތައް ވިއްކަން ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ޓީސީއެލް ބްރޭންޑުގެ ޓީވީ އާއި ދޮންނަމެޝިނާއި އޭސީ ވިއްކުމަށް މަޖީދީމަގުގައި ހުޅުވީ "ޕޮޕިއުލާ ޓްރޭޑް" އެވެ. އެ ފިހާރަ ރޭ ހުޅުވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު ޕޮޕިއުލާ ޓްރޭޑް ހުޅުވައި ދެއްވުމަށްފަހު އެތަން ބައްލަވާލައްވަނީ-- ފޮޓޯ/ ޕޮޕިއުލާ ޓްރޭޑް

ޕޮޕިއުލާ ޓްރޭޑުން އާންމު އަގުތަކުގައި ވިއްކާ ބައެއް ތަކެތި މިހާރު ވިއްކަމުންދަނީ އަގު ހެޔޮކޮށެވެ. އަންނަ މަހު ފަށާ ފުޓްބޯޅައިގެ ބޮޑު އީދު، ޔޫރޯއާ ދިމާކޮށް އަގުހެޔޮކޮށް ވިއްކަމުންދަނީ ޓީސީއެލް ޓީވީ އެވެ. އެގޮތުން ޓީވީތަކުގެ އަގު ވަނީ 30 ޕަސެންޓަށް އަގު ހެޔޮކޮށްފަ އެވެ. އަދި ޓީސީއެލް އޭސީތަކުގެ އަގު ވެސް ވަނީ ދަށްކޮށްފަ އެވެ.

އެމެރިކާގައި އެންމެ ބާރަށް ވިކެމުންދާ ޓީވީ ބްރޭޑަކީ ޓީސީއެލް ބްރޭޑުގެ ޓީވީ އެވެ. ދުނިޔޭގައި ޓީވީ އުފައްދާ އެންމެ ބޮޑު ތިން ވަނަ ކުންފުންޏަކީ ޓީސީއެލްއެވެ.