14 May 2011, 08:33
އެމެރިކާގެ ބޭންކެއްކަމަށްވާ އިންޓަނޭޝަނަލް ބޭންކް އޮފް ކޮމާސްއިން ވައްކަން ކުރި ބަޔަކު ފޭސްބުކްގައި ދެއްކި ވާހަކައެއްގެ ސަބަބުން ވައްކަން ފަޅާއަރައިފި ކަމަށް އެމެރިކާގެ ހިއުސްޓަންގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.
ރޮއިޓާސް ބުނި ގޮތުގައި އިންޓަނޭޝަނަލް ބޭންކް އޮފް ކޮމާސްއިން ވައްކަން ކުރުމަށްޓަކައި އެ ބޭންކްގައި ކުރިން ޓެލަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު ވަނީ އޭނާގެ ލޯބިވެރިޔާ އާއި އެއްބަނޑުއެއްބަފާ ކޮއްކޮއެއް ބޭންކްގެ ވަޒީފާއަށް ފޮނުވާފަ އެވެ.
އެމެރިކާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ވައްކަން ކުރިކަމުގެ ތުހުމަތުގައި ޝަރީއަތަށް ފޮނުވާފައި ވަނީ ބޭންކްގެ ޓެލަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އުމުރުން 18 އަހަރުގެ އެސްޓަފަނީ ޑެނިއެލާ އާއި 19 އަހަރުގެ އާނާ މާގްރިޓާ ރިވޭރާއާއި އޭނާގެ ލޯބިވެރިޔާ ރިކީ ގޮންޒާލެޒް އަދި ރިވޭރާގެ ބޭބެ އަރުޓޫރޯ ސޮލާނޯގެ މައްސަލައެވެ.
މިގްރޫޕް ވައްކަން ކުރިކަން ފަޅާ އެރީ އެމީހުން ބޭންކުން ވަގަށް ނެގި 62000 ޑޮލަރު ލިބިގެން އެކަމާ އުފާވެގެން ފޭސްބުކް ވޯލްގައި ލިޔަމުން ދިޔަ ލިއުން ތަކުގެ ސަބަބުން ނެވެ.
މީގެ ތެރެއިން އެކަކު އޭނާގެ ފޭސްބުކް ވޯލްގައި ލިޔެފައި ވަނީ" އަހަރެން މުއްސަނދިވެއްޖެ" ކަމަށެވެ.