ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ގދ. މަޑަވެލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މަޑަވެލިން ރޭ ހައްޔަރުކުރީ 32 އަހަރުގެ މީހެއް ކަމަށެވެ.

އަންހެން މީހާ ދިރިއުޅޭ ގޭގެތެރޭގައި އެ މާރާމާރީ ހިންގާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މަޑަވެލީ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ މާރާމާރީގައި އަންހެން މީހާގެ އަރިކައްޓަށާއި ދަށް ބަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ އަނިޔާތަކާ ގުޅިގެން އެ އަންހެން މީހާ ވަނީ އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފަ އެވެ.