ފިތުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް އަތޮޅުތަކުގައި ދިރިއުޅޭ ފަގީރުން، ނަން ނަޖިސްޓްރީ ކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ފަގީރެއްގެ ގޮތުގައި ނަންނޯޓު ކުރެވޭނީ އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ މީހުންނަށް ކަމަށެވެ. އަތޮޅުތަކުގައި ދިރިއުޅޭ ފަގީރުން، ނަން ރަޖިސްޓްރީކުރުމަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމުގެ ފުރަތަމަ ބުރު އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން، ލ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި ނަން ރަޖިސްޓްރީ ކުރުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.

އަތޮޅުތަކުގައި ތިބި ފަގީރުން ނަން ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ ދުވަސްތައް:

ތ. އަތޮޅުގައި: މި މެއި މަހުގެ 28 އިން 30 އަށް

ގދ. އަތޮޅުގައި: މި މެއި މަހުގެ 28 އިން 30 އަށް

ލ. އަތޮޅުގައި: މި މެއި މަހުގެ 28 އިން 30 އަށް

އދ. އަތޮޅާއި ޅ. އަތޮޅުގައި: މި މެއި މަހުގެ 28 އިން 30 އަށް

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، ބާކީ ހުރި އަތޮޅުތަކުގައި ތިބި ފަގީރުން ނަން ރަޖިސްޓްރީ ކުރުމަށް ޖޫން މަހުގެ ކުރީކޮޅު އިއުލާންކުރާނެ ކަމަށެވެ. މާލޭ ސަރަހައްދު ވެސް ހިމެނެނީ ދެވަނަ ބުރުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރެއްގެ ގޮތުގައި ނަން ރަޖިސްޓްރީކުރުމަށް ފުރަން ޖެހޭ ފޯމް ރަށު ކައުންސިލްތަކުންނާއި އިސްލާމިކް މިނިސްޓްރީން ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ފަރުދީ ގޮތުންނާޢި އާއިލާއެއްގެ ގޮތުގައި ވެސް ފުރަން ޖެހޭނީ އެއް ފޯމެއް ކަމަށް ބުނެފައިވެ އެވެ.