ގާ ކޮށްޓާއިޖެހިގެން ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ދީފައިވާ ބިމުގައި ރޯދަމަހަށް ހާއްސަކޮށް ލޯކަލް މާރުކޭޓެއް ހުޅުވުމަށް ނިންމައިފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް "ސަން" އަށް މިއަދު ވިދާޅުވީ ރޯދަ މަހު އެކަނި ކުރިއަށްގެންދާ އެ މާރުކޭޓުގައި ދިވެހި އުފެއްދުންތައް ހެޔޮއަގުގައި ލިބިގެންދާނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު، މިފަހަު އިތުރު މާކެޓެއް ހުޅުވުމަށް މިވަނީ ނިންމާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބޭނުމަކީ އަގުހެޔޮކޮށް ލޯކަލް ފުޑް ފޯރުކޮށްދިނުން، ހަމައެއާއެކު އެކި ހިސާބުތަކުގައި މާކެޓުތައް ހިންގުން." އިކްރާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަނުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް 5000 ރުފިޔާއަށް ސުޓޯލްއެއް ދޫކުރަމުންދާއިރު އޭގެ 80 ޕަސެންޓް ވިކިފައިވާ ކަމަށެވެ.