26 May 2016, 09:25
ފޮޑި ޖެހުމަކީ ގުދުރަތީ ކަމެއް ނަމަވެސް، ބައެއް ފަހަރު ކެވޭ އެއްޗެއްގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތަކުން މާބޮޑަށް ފޮޑި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން ފޮޑި ޖެހޭކަން ދެނެގަންނާނީ ކިހިނެއް؟
ފޮޑީގައި އަބަދުވެސް ނުބައި ވަސް ދުވުން
- ފޮޑި ޖަހާ އިރު ވަރަށް ގިނައިން ވައި ބޭރުވުން
- ބަނޑު ފުއްޕާފައި ހުންނަ ކަމަށް އިހުސާސު ކުރެވުން
- ބަނޑުގައި ތޫނު ތަދެއް އިހުސާސުވުން
ފޮޑި ޖެހުމާ ގުޅިގެން މިފަދަ މައްސަލަތަކާ ދިމާވާ ނަމަ ޑޮކްޓަރަކާ ހަމައަށް ނުގޮސްވެސް މައްސަލަ ރަނގަޅު ކުރެވިދާނެ ގޮތްތަކެއްވެ އެވެ.
ޑައެޓް ބަދަލު ކުރުން: ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ ކާނާ ކެއުމަކީ ފޮޑި ޖެހުމަށް މަގުފަހިވާ ކަމެކެވެ. އެފަދަ ކާނާތަކުގެ ތެރޭގައި ބްރޮކޮލީ، ބީންސް، ކެބެޖް، އޯޓްސް އަދި ކިރުގެ ބާވަތްތައް ހިމެނެ އެވެ. ފިޒީ ޑްރިންކްސް ބުއިމަކީ ވެސް ފޮޑި ޖެހުން އިތުރުވާ ކަމެކެވެ. ވީމާ މާގިނައިން ފޮޑި ޖެހޭ މީހަކު އެފަދަ ކާނާ ކެއުން މަދު ކުރާށެވެ.
- ރަނގަޅު ކާނާ ކެއުން: ފޮޑި ޖެހުން މަދު ކުރަން ބޭނުންވާ މީހަކު ކެއުން އެންމެ އެދެވިގެންވަނީ ދޮންކެޔޮ، ގްރޭޕްސް، ހުތް މޭވާ އަދި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވިގެންވާ ކާނާތަކެވެ. އޭގެ ތެރޭގައި ބިސް، ބްރައުން ރައިސް އަދި އަލަ ހިމެނެ އެވެ.
- ބޭނުން ކުރާ ބޭހަށް ސަމާލުވޭ: ލެގްޒެޓިވްސް އަދި އެންޓިބައޮޓިކްސް އަކީ ފޮޑި ޖެހުމަށް މަގު ފަހި ކުރާ ބޭސްތަކެވެ.
- ބައެއް އާދަތައް ބަދަލުކޮށްލާ: އާއްމުކޮށް ޗުއިންގަމް ހެފުމަކީ ބަނޑުގައި ގޭސް އުފެދުމަށް މެދުވެރިވާ ކަމެއް ކަމުން ޗުއިންގަމް ހެފުން މަދު ކުރާށެވެ. އަދި ކަސްރަތު ކުރުމާއި، ކާނާ ލަސްލަހުން ކެއުމާއި ޕެޕާމިންޓް ސައި ބުއިމުކީ ފޮޑި ޖެހުން މަދު ކުރުމަށް ހިތްވަރުދޭ އާދަތަކެވެ.
މައުލޫމާތު: ސްޓެތު ނިއުސް