25 May 2016, 14:31
އދ.ފެންފުށީ ގޮނޑުދޮށުން މާވަހަރުގެ ބާވަތެއް ކަމުގައިވާ ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން، އެރަށު ބްލޫލެގޫން، އިލްޔާސް މުހައްމަދު ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ގޮނޑުދޮށުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައިވާ ކަމަށާއި އޭގެ ބަރުދަނުގައި ގާތްގަނޑަކަށް ހަތަރު ކިލޯ ހުންނާނެ ކަމަށެވެ.
އެ ވާހަރު ހޮވާފައި ވަނީ ފެންފުށީ އިރުމަތީ ފަރާތުން ގޮނދުދޮށާ ކައިރިން، މޫދުން ކަމަށް ސައީދު ވިދާޅުވި އެވެ.
އަދި މިހާރު އޭގެ އެތިކޮޅެއް ޓެސްޓް ކުރަން ވަނީ ފޮނުވާފަ އެވެ.