ރާއްޖޭގެ މާކެޓުގައި ވިއްކަންހުރި ސޯސް އެއްގައި ރާ ހުރިކަމަށް މައުލޫމާތު ލިބުމާއެކު ކަސްޓަމްސްއިން އެކަން ބަލަން ފަށައިފިއެވެ.

"ވައިޓް ވައިން" ހުރިކަމަށް ޝައްކުކުރެވޭ ސޯސް އަކީ ލެގޯ ބްރޭންޑްގެ "އިޓާލިއަން ޗިކަން ސްކޮލަޕީނީ" ކިޔާ ސޯސްއެކެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، ސޯސް އެއްގައިވައިޓްވައިންއާއި ބޭކަންހުރިކަމުގެ މައުލޫމާތު ލިބުމާއެކު ކަސްޓަމްގެ ކަމާބެހޭ ފަރާތްތަކުން ފިހާރަތަކަށްގޮސް ބަލަމުން އަންނަ ކަމަށެވެ.

"ސުޕަމާކެޓު ބައެއް ތަންތަނުގައި ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. އެހެންވީމަ އަޅުގަނޑުމެން ޓީމްތައް ގޮސް ބަލަމުން ދަނީ،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސޯސްގައި ރާ ހުރިކަން އަދި ޔަގީންވެފައިނުވާ ކަމަށެވެ.