ޓީޖެޓީ ސަރަހަައްދުގައި މަސައްކަތް ކުރަމަށް ބޭނުންކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 6:24 ކަންހާއިރު ކަމަށާއި އެހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެހާދިސާގައި ފުރޮޅާލައި ފެންބަރުކޮށްފައިވާ ދޯންޏެއްގެ މައްޗަށް ވެއްޓިފައިވަނީ ނަލަހިޔާ ކޮންސްޓުރަކްޝަންގެ ކެރޭނެކެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފްވާގޮތްނުވެފައެވެ.

ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާއިރު ސިފައިންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.