24 May 2016, 18:31
މި ހަފުތާގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި ދައްކަމުންދާ އެއް ވާހަކައަކީ ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގެ ވާހަކަ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ އިޓަލީގެ މިލާނުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގައި ވާދަކުރަނީ ސްޕެއިންގެ ދެ ކުލަބެވެ. އެއީ ސްޕެއިނުގެ އެއް ސިޓީއަކަށް ނިސްބަތްވާ ދެ ކުލަބެވެ. ފައިނަލުގައި ވާދަކުރާ އަވަށްޓެރި ދެ ކްލަބު ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަކީ ސްޕެއިންގެ ވާދަވެރި ދެ ކުލަބެވެ.
އެ މެޗަށް ދެ ޓީމު ނުކުންނަ އިރު، ތާރީހު ބުރަވަނީ ރެއާލްގެ ކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބު ރެއާލް ވަނީ ދިހަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯ އަށް ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެ އެވެ. ނަމަވެސް 1974 އަދި 2014 ވަނަ އަހަރުގެ ރަނަރަޕަކީ އެތުލެޓިކޯ އެވެ. އޭގެ ތެރެއިން 2014 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް އަތުން އެތުލެޓިކޯ ބަލިވީ 4-1 ލަނޑުންނެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މޮޅުވާނީ ކޮން ޓީމެއް؟" މިއީ ގިނަ ބައެއްގެ ހިތު ތެރޭގައި މިހާރު އުފެދިފައިވާ 'ބޮޑު' ސުވާލެކެވެ. އެ މެޗުން މޮޅުވާނެ ނުވަތަ އެ މީހަކު ސަޕޯޓުކުރާ ޓީމެއް މިހާރު ގިނަ ބަޔަކު ވަނީ ނިންމައިފަ އެވެ. އެގޮތުން ބައެއް 'ސެލެބްރިޓީން' މޮޅުވާނެ ޓީމެއްގެ ގޮތުގައި ބަލަނީ ކޮން ޓީމެއްތޯ ބަލައިލަމާ ހިންގާށެވެ.
| އެތުލެޓިކޯ މެޑްރިޑް |
މާރިއާނޯ ރަޖޯއީ (ސްޕެއިންގެ ރައީސް) | ޕަބްލޯ އިގްލީސިއާސް (ޕޮލިޓިޝަން) |
ރަފައެލް ނަދާލް (ޓެނިސް ކުޅުންތެރިޔާ) | ވިލް ސްމިތު (އެކްޓަރު) |
އެޑުރްނޭ (ލަވަ ކިޔުންތެރިޔާ) | ޖޮއާކުއިން ސަބީނާ (ލަވަ ކިޔުންތެރިޔާ) |
ހޯސޭ މާރިއާ އަޒްނާ (ސްޕެއިންގެ ކުރީގެ ރައީސް) | ބެލެން އެސްޓެބަން (ޓީވީ) |
ފެނާންޑޯ އަލޮންސޯ (އެފް ވަން ޑްރައިވަރު) | ހާވިއާ ބާޑެމް (އެކްޓަރު) |
ރޮޖާ ފެޑެރާ (ޓެނިސް ކުޅުންތެރިޔާ) | އެލް ލަންގުއީ (އެކްޓަރު އަދި މިއުޒިޝަން) |
ރިކީ މާޓިން (ލަވަ ކިޔުންތެރިޔާ) | އަނާ ރޯސާ ގުއިންޓާނާ (ޓީވީ ޕްރެސެންޓަރު) |
ހޫލިއޯ އިގްލީސިއާސް (ލަވަ ކިޔުންތެރިޔާ) | ޑެނީ މާޓިން (ލަވަ ކިޔުންތެރިޔާ) |
އެންޓޯނިއޯ ރެސިނެސް (އެކްޓަރު) | ޕެޑްރޯ ސަންޗޭޒް (ޕޮލިޓިޝަން) |
އުސައިން ބޯލްޓް (ދުވުންތެރިޔާ) | ފެލިޕޭ ހަ ވަނަ (ސްޕެއިންގެ ރަސްގެފާނު) |
ޕްލެސީޑޯ ޑޮމިންގޯ (އޮޕޭރާ ލަވަ ކިޔުންތެރިޔޭ) | ސާރާ ކާބޮނޭރޯ (ނޫސްވެރިޔާ) |
އެންޓޯނިއޯ ބަންޑެރާސް (އެކްޓަރު) | ލޭވާ (ލަވަ ކިޔުންތެރިޔާ) |
ބާޓިން އޮސްބޯން (ލަވަ ކިޔުންތެރިޔާ) – ރެއާލް | ލުއިސް ޑި ގުއިންޑޯސް (ސްޕެއިންގެ އިކޮނިމިކް މިނިސްޓަރު) |