24 May 2016, 17:26
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބައިވެރިވެއްޖެ އެވެ.
ޕީޖީ އޮފީހުން ބުނީ 'މުވައްޒަފުންގެ ސްކީމް' ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވުމުގެ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ޕީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޖީ އައިޝަތު ބިޝާމް ކަމަށާއި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހަކީ ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު"ގައި ބައިވެރިވި 15 ވަނަ އޮފީހެވެ.