24 May 2016, 17:18
ކުރިޔަށް އޮތް ރަމަޟާން މަހަށް މީހުން ތައްޔާރު ކުރުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ އެއް ދުވަހުގެ ވޯކްޝޮޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ވޯކްޝޮޕް ކުރިޔަށް ދާނީ، މި މަހުގެ 28 ވާ ހޮނިހިރު ދުވަހު، އިސްލާމީ މަރުކަޒުގަ އެވެ. ވޯކްޝޮޕް އަމާޒު ކުރެވިފައި ވަނީ، އުމުރުން 14 އަހަރުން މަތީގެ މީހުންނަށެވެ.
މި ވޯކްޝޮޕުގައި، ރަމަޟާން މަހަށް ނަފްސާނީ އަދި ރޫހާނީ ގޮތުން ތައްޔާރު ވާނެ ގޮތާ މެދު ބައިވެރިންނަށް މައުލޫމާތު ދެވޭނެ އެވެ. ވޯކްޝޮޕުގައި މައުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހަތަރު ދީނީ އިލްމުވެރިންނެވެ.
ދުއިސައްތަ މީހުންގެ ޖާގައަކަށް އަމާޒުކޮށް ކުރިޔަށް ގެންދާ މި ވޯކްޝޮޕުގައި ބައިވެރި ވުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ވޯކްޝޮޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު، ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި،އީމެއިލްގެ ޒަރިއްޔާއިންނާއިސްލާމިކް މިނިސްޓްރީގެ ނަމްބަރު 3020230 އަށް ގުޅައިގެން، އަދި އެ މިނިސްޓްރީއަށް ގޮސްގެން ވެސް، ވޯކްޝޮޕުގައި ބައިވެރިވުމަށް ނަން ނޯޓު ކުރެވޭނެ އެވެ.
އެ މިނިސްޓްރީން ބުނީ، އެއް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ވޯކްޝޮޕުގައި، ނަމާދު ވަގުތުތަކުގައި އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވާ ކަމަށެވެ. އަދި އެ ދުވަހުގެ ކެއުން ބުއިމުގެ ކަންތައް ވެސް، ވޯކްޝޮޕުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.