23 May 2016, 22:30
މޮޓޯ ސާވިސް ދޭ ގަރާޖުތަކާއި، ބޯކޮށާ ތަންތަނުގެ ދަފުތަރެއް އެކުލަވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ، ވިޔަފާރި އުސޫލުން ހިންގާ މޮޓޯ ރިޕެއާ މެއިންޓެނަންސް ސާވިސް ދޭ އޮޓޮމޭޓިވް ގަރާޖުތަކާއި، ބޯކޮށާ ތަންތަނުގެ މައުލޫމާތު، އެ މިނިސްޓްރީއާ ހިއްސާ ކުރުމަށް އެދިފަ އެވެ.
މިނިސްޓްރީން ބޭނުންވާ މައުލޫމާތުގެ ތެރޭގައި ގަރާޖު ނުވަތަ ބޯކޮށާ ތަން ހިންގާ ވިޔަފާރި، ކުންފުނި، ޕާޓްނަޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ނަމްބަރާއި، ގަރާޖު ނުވަތަ ބޯކޮށާ ތަނުގެ ވިޔަފާރި ނަން ނުވަތަ ވިޔަފާރިކުރާ ތަނަށް ކިޔާ ނަން ހިމެނެ އެވެ.
އޭގެ އިތުރުން، އެތަނެއް ގާއިމުކޮށްފައިވާ އެޑްރެހާއި، އެތަނަކާ ގުޅޭނެ ފޯނު ނަމްބަރު ވެސް ހިއްސާ ކުރަންޖެހޭ މައުލޫމާތުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައި ވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މައުލޫމާތު 28 މެއި ވާ ހޮނިހިރު ދުވަހުގެ ކުރިން، މިނިސްޓްރީއަށްއީމެއިލްގެޒަރިއްޔާއިން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.