ސަން ޓީވީން މި އަހަރުގެ ރޯދަމަހު މަހު ކުރިޔަށް ގެންދަން ނިންމާފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ދެ މުބާރާތަކީ ވެސް ކުޑަކުދީންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ދެ މުބާރާތެވެ.

ސަން ޓިވީން މައުލޫމާތު ދިން ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ގަވައިދާއި ފޯމު ސަން މީޑިއާ ގުރޫޕުގެ އިދާރާއިން މިހާރު ލިބެން ހުންނާނެ އެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށެވެ.

ސަން ޓީވީން މިދިޔަ އަހަރު ވެސް ސަން މަދަހަ މުބާރާތް ކުރިޔަށް ގެންގޮސްފަ އެވެ.