23 May 2016, 11:36
ބަނބުކެޔޮ މޫސުމާއެކު އަނބިމީހާގެ އަތް ޒަހަމްވުން ސަލާމަތް ކުރުމަށް ދ. ކުޑަހުވަދޫ ނޫރާނީގޭ، އަހުމަދު މައުރޫފް، 49، މީގެ ދެ އަހަރުކުރިން ތައްޔާރުކުރީ ބަބުކެޔޮ . އެ ް ބަބުކޭލެއް ތޮށި މަށާފައިލުމުން، ފޮތިފޮތިވެގެން ނުކުމެ އެވެ. މިފަހަރުވެސް އޭނާ މި ވަނީ އެފަދަ އެހެން އީޖާދެއްކޮށްފަ އެވެ. މިފަހަރު އޭނާ އުފައްދާފައި މި ވަނީ ބަނބުކެޔޮ ފަޅާ މެޝިނެކެވެ.
އެ ދެމަފިރިންނަށް ލިބިފައިވާ ބަބުކޮޔު ގަސްތަކުން، ބަނބުކެޔޮ މޫސުމަކާއެކު ލިބޭހާ ބަނބުކެޔޮ ތެލުލުމަށް ކުރަންޖެހޭ މަސައްކަތަކީ ބުރަމަސައްކަތެކެވެ. މައުރޫފް މިއަދު ސަން އަށް ބުނި ގޮތުގައި އޭނާ އިއްޔެ އުފެއްދި މެޝިނަކީ އަންހެނުން ބަބުކެޔޮ ތެލުލުމަށްޓަކައި ބަނބުކެޔޮ ފަޅަން ގިނަވަގުތު ނަގާތީ އެކަމަށް ހައްލު ގެނައުމަށް ކުރިކަމެއް ކަމަށެވެ.

"ބަނބުކެޔޮ މޫސުމާއެކު ވަރަށް ބަނބުކެޔޮ ތެލުލަށްޖެހޭ، މިފަހަރު އަންހެނުން މަކައިރި ބުނެފި ކޮބާ ބަނބުކެޔޮ ކަނޑަންވީނުހޭ، މަ ހިތައް އެރި މިފަހަރު ބަނބުކެޔޮ ކަނޑާނީ ކެޔޮފަޅާ މެޝިނެއް ހަދާފައޭ، އެހެންވެ މެޝިން ހަދާފަ ބަނބުކެޔޮ ކެނޑީ،" މައުރޫފު ބުންޏެވެ.
އޭނާ ތައްޔާރު ކުރި މެޝިނަށް ބަނބުކެޔޮ ލުމަށްފަހު އަތުން އޮށްބާލުމުން އެބަނބުކެޔޮ ހަތަރު ފަޅިއަށް ފަޅައިގެންދާނެއެވެ. އެއަށްފަހު އެބަނބުކެޔޮ ތޮށިމެށުމަށްފަހު ކުރިންހެދި މެޝިނަށްލުމުން ފޮތިފޮތިވެގެން ނުކުމެ އެވެ. މިއީ ހައްތަހާ ވެސް އަންހެނުންނަށް ފަސޭހަކޮށްދިނުމަށް އޭނާ ކޮށްދޭ ކަންކަމެވެ.
ބަނބުކެޔޮ ތެލުލުމަށް އެކަނި އުޅޭ އޭނާގެ އަންހެނުންނަށް ފަސޭހަކޮށްދިނުމަށް މައުރޫފް އެ އުފައްދާ މެޝިނުތައް ވިޔަފާރިއަށް ނެރެ އެހެން އަންހެންވެރިންނަށް ފަސޭހަ ކޮށްދިނުމަށް ވިއްކަން އޭނާ މިހާރު ވަނީ ނިންމާފަ އެވެ.
"މުޅިން ވެސް އަންހެނުންނަށް ފަސޭހަކޮށްދިނުމަށް މެޝިނުތައް މި ހެދީ، އެކަމަކު މިހާރު އެބަ ވިސްނަން ވިއްކަން،" މައުރޫފް ބުންޏެވެ.
ރާއްޖޭގެ ހަތް ސަރަހައްދުގައި ގާއިމްކޮށްފައިވާ ބިޒުނަސް ސެންޓަރުތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ދ.ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ބިޒުނަސް ސެންޓާގެ މެނޭޖަރު އަދުހަމް ރަޝީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރުއެރުވުމުގެ ގޮތުން މައުރޫފުގެ އެއުފެއްދުންތަކަށް މާކެޓު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަންހެނުންނަށް ފަސޭހަކޮށްދިނުމަށް ކުރާ މަސައްކަތްތައް ނިމުނީއެއްނޫނެވެ. މައުރޫފު ގަބޫލު ކުރާ ގޮތުގައި އޭނާގެ އަންހެނުންނަށް މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނބުކެޔޮ ތެލަށްލާއިރު ތާސްކައިރި އިނދި ހަލުވުން ކަމަށާއި އޭނާގެ ވިސްނުން މިހާރު ހުރީ އަންނަ އަހަރުގެ ބަނބުކެޔޮ މޫސުމަށްވާއިރު އޮޓޯއިން ހެލުވޭނެ މެޝިނެއް ތައާރަފް ކުރުން ކަމަށެވެ.
މައުރޫފަކީ އާދައިގެ މީނެއް ހޫނެވެ. މިއީ ވަރަށް އުފެއްދުންތެރި މީހެކެވެ. އޭނާ ވަނީ 1996 ގައި ތޭރިލިޔާ މެޝިނެއް އުފައްދާފައެވެ. ހަމައެހެންމެ އެޅިގާ އަޅާ މެޝިނަކާއި ބަނބުކެޔޮ ފޮތިކޮށް ބަނބުކެޔޮ ފަޅާމެޝިނެއް އެ ވަނީ އުފައްދާފައެވެ.