22 May 2016, 18:51
ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައިޖީއެމްއެޗަށް ގެންގޮސް ފިޒިއޮތެރަޕީ ހައްދައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރު އައިޖީއެމްއެޗަށް ގެންގޮސް ފިޒިއޮތެރަޕީ ހެއްދުމަށްފަހު އަނބުރާ މުހުތާޒު ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހުތާޒު ވިދާޅުވެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި ޑޮކްޓަރުގެ ލިޔުންތަކުން އެކަން ރަނަގަޅަށް އެނގޭނެ ކަމަށެވެ. އަދި ހައިކޯޓުން ކޮށްފައިވާ ހުކުމްގައި އަންގާފައިވާގޮތަށް އޭނާގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްނުދާ ކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފަ އެވެ.
ލުގުމާން ވިދާޅުވީ، މުހުތާޒުގެ ބޭސްފަރުވާގެ ކަންތައް އެ ސާވިސް އިން އަންނަނީ ކުރަމުން ކަމަށެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެހެން ދެ ދައުވާ އެއްވެސް ދައުލަތުން ވަނީ މުހުތާޒުގެ މައްޗަށް އުފުލާފަ އެވެ. އެއީ ވަކި އަސްލެއް އޮތް އެއްޗެއް ސައްޚަނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެ ތައްޔާރުކުރުމުގެ ކުށުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއްގައި ސައްޚަ ނޫން ގޮތުގައި ދެއްކުމުގެ ދައުވާ އެވެ.