Last Updated: 10 year 6 month ago

ތެޔޮ ރައްކާކުރާ ފޮނަދޫ އާއި މާލެއާ ދެމެދުން ދަތުރުކުރި ލޯންޗެއްގައި ކުއްލިއަކަށް ރޯވެ، އޭގައި ދަތުރު ކުރި ބަޔަކު ފިހިއްޖެ އެވެ.

އެ މީހުންގެ ހާލަތާ ބެހޭ ތަފްސީލުތަކެއް ނުލިބެ އެވެ.ާ
ހުޅުލެއަށް ދިއުމަށް މާލެ ފަޅުން ނުކުތް، ލޯންޗެއްގައި ކުއްލިއަކަށް އަލިފާން ރޯވެ، ލޯންޗުގެ ތިބި މީހުން ފިހިއްޖެ އެވެ.
ލޯންޗުގައި ރޯވިއިރު އެ އުޅަނދުގައި ތިބީ ތިން މީހުންނެވެ. އެ މީހުން ވަނީ މޫދަށް ފުންމާލާފަ އެވެ. އެމީހުން މޫދުން ނެގީ އެމްޓީސީސީގެ އުޅަނދަކުންނެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިގެން ގެނައި ތިން މީހުންގެ ހާލަތު ރަނގަޅު ކަމަށެވެ. އެ މީހުންނަށް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވީ މާފުށީ ގެސްޓް ހައުސްއަކުން ބޭނުން ކުރަމުންދާ "ނިރުމާ" ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ޙާދިސާގައި ލޯންޗް ވަނީ އެއްކޮށް އަނދާފައެވެ.
މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ މިއަދު މެންދުރުފަހު 2:20 ކަންހާއިރު އެ ލޯންޗުގައި ރޯވީ ބާރު އަޑުފަށްގަނޑައާއެކު ކުއްލިއަކަށް ކަމަށެވެ.
"ވަރަށް ބާރު އަޑުފަށްގަނޑަކާއެކު ލޯންޗު ގޮވާފައި އަލިފާން ރޯވީ،" މަންޒަރު ދުއް ފަރާތަކުން ބުންޏެވެ.
ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މެރިން ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ލޯންޗުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލާފައި ވަނީ އެ ހާދިސާ ހިނގިތާ ބައި ގަޑިއެއްހާއިރު ތެރޭގަ އެވެ.
އެ ލޯންޗުގައި ރޯވީ ފޮރިން މިނިސްޓްރީއާ ދިމާލުން ފަޅުން ނުކުމެގެންދިޔަތަނުންނެވެ. އަލިފާން ނިއްވާލިއިރު އެ ލޯންޗު އޮތީ އޮޔާ ގޮސް، ފުނަދޫއާ ދިމާ ކައިރީގަ އެވެ.
ފިހުނު ދެ މީހެއްގެ ހާލު ރަނގަޅު، ތިން ވަނަ މީހާ ހާލަތު ދެނެގަންނަނީ
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ލޯންޗުގައި ރޯވި ހާދިސާގައި ފިހުނު ތިން މީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހުންގެ ހާލަތު ރަނގަޅު ކަމަށް. ތިން ވަނަ މީހާ އައިޖީއެމްއެޗަށް ގެނައީ ދެންމެ ކަމަށާއި އޭނާގެ ހާލަތު ބެލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށް.
ފުލުހުން ބުނީ ލޯންޗުގައި ރޯވި އަލިފާނުގެ ހާދިސާގައި ތިން ދިވެހިން ފިހިފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުން ގެންގޮސްފައިވާ ކަމަށް.

ލޯންޗުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ އުޅަނދަކުން ގޮސް ނިއްވާލުމުގެ މަސައްކަތް ދަނީ ކުރަމުން. ލޯންޗުގައި ރޯވި އަލިފާނުގެ ބޮޑު ބައިވަނީ ކޮންޓްރޯލް ކުރެވިފައި. ނަމަވެސް ކޮންމެ ވެސް ވަރަކަށް އަލިފާނުގެ އަސަރު ފެންނަން އެބަހުރި.
މަންޒަރު ދުއް މީހަކު ބުނީ މިއަދު މެންދުރުފަހު 2:20 އެހާކަންހާއިރު ފޮރިން މިނިސްޓްރީއާ ދިމާލުން ފަޅުން ނުކުމެގެން ދާން އުޅެނިކޮށް، ލޯންޗުން އެއްޗެއް ގޮވައި އަލިފާން ރޯވި ކަމަށް. އެވަގުތު ލޯންޗުގައި ތިބި މީހުން ވެސް މޫދަށް ފުންމާލި ކަމަށާއި އެ މީހުން ނެގީ އެމްޓީސީސީގެ އުޅަނދަކުން ކަމަށް.
އެ އުޅަނދުގައި ތިބި މީހުން މޫދަށް ފުންމާލުމުން ލޯންޗު އޮޔާގޮސް މިހާރު އޮތީ ފުނަދޫ އާއި މާލެއާ ދެމެދުގައި.