22 May 2016, 14:22
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓުގައި ޝާއިއު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިއްޔެ އިން ފެށިގެން އައްޑޫ ސިޓީގައި ވިޔަފާރިއާ ގުޅޭ އެންމެހައި ޚިދުމަތްތައް ދޭނީ، އައްޑޫގައި ގާއިމު ކުރި އެ މިނިސްޓްރީގެ އޮފީހުން ކަމަށެވެ.
އައްޑޫގައި ހުޅުވި އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ހުންނާނީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ "ބިނާ"ގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ކުންފުނި ރަޖިސްޓްރީ ކުރުމާ، ވިޔަފާރި ހިންގުމުގެ ހުއްދަ އާއި އިމްޕޯޓު އެކްސްޕޯޓުގެ ލައިސަންސް ދޫކުރުމާއީ ލޯގޯ، ޓްރޭޑްމާކް އަދި ތައްގަނޑު ފަދަ ތަކެތި ރެޖިސްޓްރީ ކުރުން ހިމެނެ އެވެ.