29 Apr 2010, 14:07
19:00
ރަށްދެބައިމަގު ސެންޓްރަލް ހޮޓާ ކައިރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 11 ޖަހާކަންހާއިރު ގުރޫޕަކުން ގޮސް ހިންގި އެ މާރާމާރީގައި އުމުރުން 26 އަހަރުގެ މީހެއްގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ނުދެއްވާ ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެކަމާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް މިހާރު ވެސް އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕީޓަލުން ބުނީ އޭނާއާ އާއިލާއިން ހަވާލުވެފައިނުވާތީ އޭނާގެ މަޢުލޫމާތު މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ބުރަކަށީގެ ތިން ތަނަކަށާއި ފައިގެ ތިން ތަނަކަށް ހަމަލާދީ ކޮނޑުމަތިން ދިހަ އިންޗިހާތަން ވަނީ ކަފާލައިފަ އެވެ.