21 May 2016, 22:37
ރައީސް ޔާމީންގެ 57 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑީއޭގެ ނ. ވެލިދޫ ގޮފިން ޚާއްސަ ކޭކެއް ފަޅައިފި އެވެ. މި ކޭކު ފެޅުމުގެ ގޮތުން ބޭއްވި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޑީއޭ ވެލިދޫ ޖަގަހައިގަ އެވެ.
އެމްޑީއޭ ވެލިދޫ ގޮފީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީގެ ގައުމީ ކައުންސިލްގެ މެންބަރު މުހައްމަދު އައްބާސް މިރޭ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ނ. އަތޮޅަށް ތަރައްގީގެ އިންގިލާބެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ވެލިދޫ އަށް މީން ޒަމާނަކު ވެސް ނާންނަ ވަރުގެ ތަރައްގީގެ މަޝްރޫއުތަކެއް އައިސް އެ މަޝްރޫއުތައް ބާރު ސުޕީޑުގައި ފެށިގެން ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި ވެލިދޫ ޖަގަހައިގައި ވަނީ ސަރުކާރުން ނ އަތޮޅަށާއި ވެލިދޫ އަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރުމުގެ ކުރުމުގެ ގޮތުން ޝުއޫރު ފާޅުކުރުން ވެސް ކުރިޔަށް ގެންގޮސްފަ އެވެ.