21 May 2016, 22:16
ރޭގެ ވަގުތެއްގައި އިންޑިއާއިން ރާއްޖެއައި ފްލައިޓަކުން ހެރޮއިން އެތެރެ ކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި އިންޑިއާއިން ރާއްޖެއައި ދިވެހި ފިރިހެނަކު 600 ގްރާމްގެ ހަ ބްލެޓް ހެރޮއިން ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް ތަފްސީލެއް ކަސްޓަމްސްއިންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސްދުވަސް ޖަހައިދީފައިވާ ކަމަށެވެ.