21 May 2016, 21:55
ފ. ފީއަލި ކައުންސިލްގެ ތިޖޫރީ ފަޅާލިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެމައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފީއަލި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި ދުވަހު އެރަށު ކޯޓުގެ ތިޖޫރީވެސް ވަނީ ފަޅާލާފަ އެވެ. އެދެ މުއައްސަސާއިން ޖުމްލަ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް އޭރު ފުލުހުން ބުންޏެވެ.