މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުޝިޔާރު، އެންމެ ރަނގަޅު ފެންވަރުގައި އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރާ ފަރާތުގެ ވާހަކަ އެވެ. އެއީ އައިޑިއަލް ބޯޓް ބިލްޑާސް (އައިބީބީ) އެވެ. އެ ކުންފުނި އުފެދިގެން ދިޔައީ، ބޯޓު ބަނުމުގެ މަސައްކަތުގެ ތެރެއިން 2006 ވަނަ އަހަރު އެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ކުންފުނިން ދަނީ އޮޑި ދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރުފަތަކަށް ފަހު ހަރުފަތެއް ވަރަށް ކާމިޔާބު ކަމާ އެކު ގިރާ ކުރަމުންނެވެ.

އައިބީބީއަކީ، ރާއްޖޭގައި އޮޑި ދޯނިފަހަރު ބަނުމުގެ ދާއިރާއަށް ކުރިއެރުންތަކެއް ގެނައި ކުންފުންޏެކެވެ. ބަންނަ އޮޑި ދޯނިފަހަރަށް އެންމެ ފުރަތަމަ ވޮރެންޓީ ދޭންފެށީ އައިބީބީންނެވެ. ވޮރެންޓީ އިން ފަށައިގެން ގޮސް، މިހާރު އައިބީބީ އިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ އެތައް ގޮތްތަކަކާއި އިނާޔަތްތަކެއް ހަމަޖައްސައިދެމުންނެވެ.

އައިބީބީ ބޯޓު ޔާޑުގައި ބޯޓެއް ބަނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/އައިބީބީ

އެގޮތުން، އެންމެ ފަހުން އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ދަށުން، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެކުންފުންޏަށް ބޯޓު ބަނުމަށް އަންނަ އޯޑަރުތަކުގެ ދަށުން ބަންނަ ބޯޓު ފަހަރަށް ބޭނުންވާ ސާމާނު، އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"މިހާރު އަޅުގަނޑުމެން ފައްޓާ ކަމަކީ، އައިބީބީ ބޯޓުޔާޑުގައި ބަންނަ ބޯޓުފަހަރަށް އެއް ލައްކައާ ތިން ލައްކަ ރުފިޔާއާ ދެމެދުގެ ސާމާނު ހިލޭ ގަނެދޭން ފައްޓާނަން. 23 މޭ އިން ޖޫން ހަޔަކާ ހަމައަށް އަންނަ އޯޑަރުތަކަށް. އެއީ 55 ފޫޓަށް ވުރެ ބޮޑެތި ބޯޓުތަކަށް،" ސަން އަށް ދެއްވި އިންޓަވިއުއެއްގައި އައިބީބީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ރައީފް ވިދާޅުވި އެވެ.

އައިޑިއަލް ބޯޓް ބިލްޑާސްގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ރައީފް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

އައިބީބީގެ ބޯޓު ޔާޑު ހުންނަނީ ރ. އިންނަމާދޫގަ އެވެ. ބޮޑު މިނުގައި 50،000 އަކަ ފޫޓު ހުންނަ މި ބޯޓު ޔާޑުގައި، 80 ފޫޓުގެ ހައެއްކަ އޮޑި އެއްފަހަރާ ބަނދެވޭނެ ކަމަށް އައިބީބީ އިން ބުނެ އެވެ.

އައިބީބީއިން ބަންނަ އޮޑި ދޯނި ފަހަރަށް ހަ މަހާއި އެއް އަހަރު ދުވަހާ ދެމެދުގެ ވޮރެންޓީ ދޭ އިރު، އެކުންފުނިން މިހާރު ވަނީ، އޮޑިތަކަށް ފައިސާ ދެއްކުމުގައި ވެސް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖެހިފައިވާ އިރު، ފައިސާ ދެއްކޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް އައިބީބީގެ ފަރާތުން ވެސް ހަމަޖައްސާފައިވެ އެވެ.

އައިބީބީ ބޯޓު ޔާޑުގައި ބޯޓެއް ބަނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/އައިބީބީ

އޭގެ އިތުރުން ބޯޓު ފުރަތަމަ ފަހަރަށް ސާވިސް ކުރުމާ، ބޯޓުގެ ފުރަތަމަ އެހެލުމާއި ބޭލުން އައިބީބީ އިން ހަމަޖައްސައިދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ވެސް ބޯޓާއި އޮޑި ދޯނިފަހަރު ތައްޔާރު ކޮށްދޭ މި ކުންފުނިން މިހާރު ވަނީ ބޮޑު މަސައްކަތެއް ފަށައިފަ އެވެ. ކުންފުނީގެ އެމްޑީ ވިދާޅުވާ ގޮތުގައި، އެކުންފުނިން މިހާރު ބޭނުން ވަނީ ރާއްޖޭގައި އޮޑި ދޯނިފަހަރު ބަނުމުގައި ސްޓޭންޑަޑް މިންގަނޑުތަކެއް ހެދުމެވެ. އެކަމުގެ މަޝްވަރާތައް އެކުންފުނިން ޓްރާންސްޕޯޓު އޮތޯރިޓީއާ މިހާރު ކުރަމުން ދެ އެވެ.

އައިބީބީގެ އެމްޑީ ރައީފް ވިދާޅުވާ ގޮތުގައި، ބޯޓު ބަނުމުގެ ކަންކަން ރާއްޖޭގައި ކުރަނީ ވަރަށް ދޯދިޔާ ކޮށެވެ.

އައިޑިއަލް ބޯޓް ބިލްޑާސްގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ރައީފް "ސަން" އަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

"ރާއްޖޭގެ ކަނޑުތަކަކީ ވެސް ވަރަށް ގަދަވާ ކަނޑުތަކެއް. ގަދަވާ ދުވަސްތަކުގައި ކަނޑުތަކަށް ނުކުމެވެނީ ވަރަށް ކޮލިޓީގައި ބަނދެފައިވާ، މަދު ދޯނިތަކަކަށް. ގިނަ ދޯނިތައް އުފައްދާފައި ހުންނަ ލެއް ބަލިކަށިކަމުން މުދާކޮޅު އަރުވާލައިގެން ދަތުރު ނުކުރެވިފއި އޮންނަނީ،" ރައީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އައިބީބީ އިން ބޭނުން ވަނީ، ބޯޓުގެ ބޮޑު މިނަށް ބަލާފައި ބޯޓުގެ ހަލް ފްރޭމްގެ ސައިޒު ސްޓޭންޑަޑް ކުރުމަށް ކަމަށެވެ.

"ދޯންޏޭއްގައި ބޭނުންކުރުމަށް ހަލް ފްރޭމް ވެސް އެބަޔަކު ބޭނުން ސައިޒަކަށް އެ ހަދަނީ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެކަންކަން ރަނގަޅު ކުރުމަށް. މިސާލަކަށް 85 ފޫޓުގެ ދޯންޏެއްގެ ހަލް ފްރޭމް ހުންނަން ޖެހޭނީ މިވެނި ސައިޒެއްގައޭ. އެހެން ނޫނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ރެޖިސްޓްރީ ނުކޮށްދޭނަމޭ. ހިނގާށޭ ބޯޓު ބިލްޑިންގް ކޯޑަށް އަމަލު ކުރަން ފަށާ ހިސާބުން ދޯނީގެ ބޮޑު މިނަށް ބަލާފައި ހަލް ފްރޭމާ އެހެނިހެން ތަކެތީގެ ސައިޒާ ކޮލިޓީގެ ސްޓޭންޑަޑެއް ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.

އައިބީބީއިން ބަނދެފައިވާ ބޯޓެއް -- ފޮޓޯ/އައިބީބީ

އައިބީބީއިން ބަނދެފައިވާ ބޯޓެއް -- ފޮޓޯ/އައިބީބީ

މިފަދަ މައްސަލަތައް ރާއްޖޭގެ އޮޑި ދޯނިފަހަރު ބަނުމުގެ ދާއިރާގައި ހުރި އިރު، އައިބީބީ އިން މަސައްކަތް ކުރަނީ އެންމެ ޕްރޮފެޝަނަލް މިންގަނޑުގައި، އެންމެ ރަނގަޅު ޚިދުމަތެއް އެފަރާތުގެ ކްލަޔަންޓުންނަށް ފޯރުކޮށްދިނުމަށެވެ. ރަނގަޅު ކޮލިޓީގެ ދޯނި، ސަފާރީ، ފެރީ، އަދި މުދާ އުފުލާ ބޯޓާއި، ރިސޯޓުތަކަށް ބޭނުންވާ ޑައިވިންގް ދޯނިތައް އުފައްދައިދިނުމަށް ފަހު، އެތަކެތި ކަނޑުތަކުގައި ދުއްވުމަށް ދޫކޮށްލުމަށެވެ.

ފޯނު 3345554
ހޮޓްލައިން 7908942
އީމެއިލް[email protected]

www.ibb.com.mv