22 May 2016, 09:01
ސްޓާޕްލަސް އިން މިހާރު ދައްކާ އެންމެ ކާމިޔާބު ޝޯވ "ޔޭ ހޭ މޮހައްބަތޭން"ގެ ލީޑު އެކްޓްރެސް ދިވްޔަންކާ ތުރީޕަތީ (އިޝީތާ) އަދި ހަމަ އެ ޝޯވގައި އޭސީޕީ އަބީޝެކްގެ ރޯލުން ފެނިގެންދާ ވިވެކް ދާހިޔާގެ ކައިވެނި އަންނަ ޖުލައި މަހު ކުރާ ގޮތަށް ނިންމައިފި އެވެ.
ޖުލައި މަހުގެ އަށް ވަނަ ދުވަހު ދެމީހުން ކައިވެނި ކުރަން ނިންމާފައި ވާކަން ދެ ތަރިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ދެ ތަރިން އެންގޭޖު ވެފައި ވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
"ސަންގީތު ހަފްލާ އޮންނާނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު. ކައިވެނި އޮންނާނީ އަށް ވަނަ ދުވަހު ބޯޕާލްގައި،" ވިވެކް ބުނެފައިވެ އެވެ.

ދިވްޔަންކާ ތުރީޕަތީ (އިޝީތާ) އަދި ވިވެކް ދާހިޔާ (އޭސީޕީ އަބީޝެކް) --
ދިވްޔަންކާ ފިލްމީ ދާއިރާއަށް ތައާރަފުވީ ޒީޓީވީ އިން 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ގެނެސްދިން ޑްރާމާ ސިލްސިލާ "ބަނޫ މެއިން ތޭރީ ދުލްހަން" އިން ނެވެ. ނަމަވެސް އޭނާގެ މުޅި ކެރިއަރު ބަދަލުކޮށްލީ "ޔޭ ހޭ މޮހައްބަތޭން" އިންނެވެ.
އެ ޑްރާމާ ސިލްސިލާގައި ދިވްޔަންކާ އަދާކުރާ "އިޝީތާ"ގެ ރޯލަށް ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވެ އެވެ.