އެސްއެމްއެސް މެދުވެރިކޮށް ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބެލޭނެ ނިޒާމެއް ދިރާގުން ތައާރަފް ކޮށްފި އެވެ.

މިދިޔަ މަހު ސަރުކާރުން ރާއްޖޭގެ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ފިކުސްޑް ބޭންޑެއްގެ ތެރޭގައި ފްލޯޓް ކުރުމާއި އެކު ކޮންމެ ދުވަހަކު ވެސް ބޭންކުތަކުން ޑޮލަރު ގަނެ ވިއްކާ އަގު ބެލުމަށް އީއާރު ޖަހާފައި ދުއިސައްތަ ސާޅީހަށް މެސެޖެއް ފޮނުވުމުން އެ ދުވަހެއްގެ އެކްސްޗޭންޖް ރޭޓް ފޯނަށް ލިބެ އެވެ. އަދި ދިރާގުގެ ސެލްފް ކެއާ މެނޫ #123* އަދި #1*2*8*123* ގުޅުމުންވެސް އެންމެ ފަހުގެ އެކްސްޗޭންޖް ރޭޓް ތައް ލިބެ އެވެ.

ދިރާގުން ބުނީ އެކްސްޗޭންޖް ރޭޓްތައް ބެލުމުގެ ހިދުމަތައް ޗާޖް ކުރާނީ ރުފިޔާއެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތުގެ ހިދުމަތް ދޭ ދިރާގުން މިހާރުވެސް އަންނަނީ ނަމާދު ވަގުތުތަކާއި ފުލައިޓްގެ ގަޑިތައް އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ތައާރަފް ކޮށްފަ އެވެ.