އައްޑޫ ސިޓީ ފޭދޫގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލްގެ ފޭދޫ އޮފީހުން އެއްޗެހިތަކެއް ގެއްލިގެން އެ ކުންފުނިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެމްޕީއެލުން ހުށަހެޅި މައްސަލައިގެ ތަފްސީލުތަކެއް ފުލުހުން ހާމައެއް ނުކުރި އެވެ.

އެމްޕީއެލް ފޭދޫ އޮފީހުން ފައިސާތަކަކާއެކު އިތުރު އެއްޗެހިތަކެއް ގެއްލިފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ ސީއީއޯއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.