20 May 2016, 17:31
މަނާ ބޭސް ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވޭ ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު މަމަޑޫ ސަކޯ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ(ފީފާ) އިން މަނާ ކޮށްފައިވާ ބޭހެއް ބޭނުން ކުރި ކަމަށް މަމަޑޫ ސަކޯގެ މައްޗަށް ތުހުމަތު ކުރެވި މައްސަލަ ތަހްގީގް ކުރަން ފެށުމުން ލިވަޕޫލް އިން ވަނީ ސަކޯއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުކަށް ގެނެސް އެ ޓީމުން އޭނާ ދޫކޮށްލާފެއެވެ.
ލިވަޕޫލް އިން މި ދިޔަ ހަފްތާގައި ކުޅުނު ޔޫރޮޕާ ލީގް ފައިނަލު މެޗަށް ތައްޔާރު ވަމުން ދަނިކޮށް ސަކޯ އެ ޓީމުން ދޫކޮށްލިއިރު ފައިނަލްގައި ސްޕެއިންގެ ސެވިއްޔާ އަތުން ވަނީ 3-1ގެ ނަތީޖާ އަކުން ބަލިވެފައެވެ.

ސްޕެއިންގެ ޑިފެންޑަރު ސަކޯ މިއަދު ރާއްޖެ އައުމަށް ފަހު އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓްގައި ---
މި ވަގުތު އެއް ވެސް ޓީމެއްގައި ހެމެނިފައިނުވާ ސަކޯ ޗުއްޓީއަށް ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރު ވަގުތެއްގައި އެމަރޭޓްސް ފުލައިޓެއްގައެވެ.
މީގެ ކުރިން ފްރާންސް ގައުމީ ޓީމުގައި ވެސް ހިމެނުނު އުމުރުން 26 އަހަރުގެ ސަކޯ އަށް ވަނީ އަންނަ މަހު 10 ގައި ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ވެސް ޖާގަ ގެއްލިފައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު ޔޫރަޕްގެ މައްޝޫރު ގިނަ ކުޅުންތެރިންތަކެއް ޗުއްޓީ ހޭދަކޮށްލުމަށް އާއިލާ އާއި ރައްޓެހިންނާއެކު އަންނަނީ ރާއްޖެ އަންނަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ކޮންސްޓެންސް ހަލަވެއްޔަށް އައި ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާ ޗުއްޓީ ނިންމާލުމަށް ފަހު މާދަމާ އެނބުރި ގައުމަށް ދާނެއެވެ.