20 May 2016, 14:25
މިހާރު ދެކުނު އޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި އިންޑިއާގެ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ޓުރިވެންޑްރަމްގައި ފެންބޮޑުވެ، ދިވެހީންތަކެއް ހާލުގައި ޖެހިއްޖެ އެވެ.
ޓްރިވަންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް "ސަން"އަށް މިއަދު ވިދާޅުވީ ޓްރިވެންޓްރަމްގައި ތިރި ހިސާބެއްގައި ދިރިއުޅޭ ދިވެހިންތަކެއް އެހީއަށް އެދިގެން، ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮންސިއުލޭޓުގެ އެހީގައި ރައްކާތެރި ހިސާބަކަށް ގެއްގޮސްފައި ވަނީ 10 ދިވެހިން ކަމަށާއި އެ މީހުންނަކީ އެއް ގެއެއްގައި ކުއްޔަށް ދިރިއުޅޭ ބައެއް ކަމަށް އަލީ އާދަމް ވިދާޅުވި އެވެ.
ލ. އަތޮޅަށް ނިސްބަތްވާ އެ މީހުން ޓްރިވެންޑްރަމަށް ގޮސް ތިބީ ބޭސްފަރުވާއަށެވެ.
އިންޑިއާގައި ފެންބޮޑުވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ، ޓުރިވެންޑްރަމްގެ ބައެއް ހިސާބުތަކުގައި ބޯކޮށް ވިއްސާރަވެހި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި އެއްވެސް އާއިލާއަކުން އެހީތެރިކަމެއް ބޭނުންވާނަމަ ކޮންސިއުލޭޓްގެ ހޮޓްލައިން 919847702554+ އަށް ގުޅުއްވުމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.