ޕީޕީއެމް ތަމްސީލް ކުރައްވާ، ގއ. ވިލިނގިލީ ކައުންސިލު މެމްބަރު ނަދީމް މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވިލިނގިލީ ތަނޑިރަތްމާގެ ބަލައިފާސްކޮށްފައިވާ ކަމަށާއި، އެ ގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައި ހުރި ސެލޯފިން ކޮޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.