މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ބަލަހައްޓާ ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކުގެ މަންޒަރުތައް ޓީވީ ޗެނަލްތަކުން ދެއްކުމުގެ ކުރިން އެމްއެންޑީއެފްގެ ހުއްދަ ހޯދަން އަންގައިފި އެވެ.

އެމްއެންޑީއެފް އިން ރާއްޖޭގެ ޓީވީ ޗެނަލްތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކުގެ މަންޒަރުތައް ޓީވީ ޗެނަލްތަކުން ޓެލެކާސްޓު ކުރަން ބޭނުން ނަމަ، ލިޔުމަކުން އެ މިނިސްޓްރީގެ ހުއްދައަކަށް އެދެން ވާނެ ކަމަށެވެ.

އަދި ހުއްދަ ލިބުމުން ނޫނީ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ޓެލެކާސްޓު ނުކުރުމަށް ވަނީ އަންގާފަ އެވެ.

އެމްއެންޑީއެފް އިން ސެކިއުރިޓީ ބަލަހައްޓާ ގްރީން ޒޯންތަކުގެ ތެރޭގައި ހިލާލީގެ، އިއްޒުއްދީން ފާލަން، ބަންޑާރަ ކޮށި، ސުޕްރީމް ކޯޓު، ރައީސް އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ހިމެނެ އެވެ.