19 May 2016, 18:00
މާލޭގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެކްސިޑެންޓު ހިނގާފައި ވަނީ ގަލޮޅު ދޮންއަދަރާދަ ހިނގުމުގައި ހުންނަ އެންޒީ ފިހާރަ ކުރިމަތިން، ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން މިއަދު ހަވީރު 5:15 އެހައިކަންހާއިރު ކަމަށެވެ.
އެކްސިޑިންޓުވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު ޕިކަޕަށް ބޮޑު ގެއްލުމެއް ލިބިފައނުިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެ އެވެ.