19 May 2016, 12:18
މާފަންނު އަވަށުގެ ކުރިއެރުމާ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި މ. ގަހާ، ސަލީމާ އަހްމަދު (ގަހާ ސަލީމާ) ނިޔާވެއްޖެ އެވެ.
ސަލީމާ ނިޔާވީ، މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ ނިޔާވީ އާލާސްކަންފުޅާ ގުޅިގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ސާޅީހަކަށް ދުވަސްވީ ފަހުންނެވެ.

ސަލީމާ (މ) އޭނާގެ ބައެއް މާމަދަރީންނާ އެކު --
ސަލީމާއަކީ މާފަންނު އަވަށުގެ ކުރިއެރުމަށާއި ތަރައްގީއަށް އެކި ދާއިރާތަކުން ޚިދުމަތް ކޮށްދެއްވި ބޭކަނބަލެކެވެ. އޭގެ ތެރޭގައި އިޖްތިމާއީ އަދި ސިޔާސީ ކަންކަމަށް އޭނާ މަސައްކަތް ކުރެއްވި އެވެ.
ސަލީމާގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު، އާސަހަރާ މިސްކިތުގަ އެވެ.
ސަލީމާ ނިޔާވި އިރު، ދުނިޔޭގައި ހަތަރު ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުން އެބަތިއްބެވި އެވެ.