ސްވިމިން އެސޯސިއޭޝަނުގެ އިންތިހާބް މިރޭ ބޭއްވިއިރު އެ އިދާރާގެ ކުރިއަށް އޮތް ހަތަރު އަހަރު ރައީސަކަށް އަބްދުއްސައްތާރު އަދި ނައިބް ރައީސަކަށް އިސްމާއިލް އަލީ އިންތިހާބް ކޮށްފިއެވެ.

ސޯސަލް ސެންޓަރުގެ ސެމިނާ ރޫމްގައި ރޭ ބޭއްވި އެ އެންތިހާބް ގައި ރައީސްގެ މަގާމަށް ސައްތާރު އެކަނި ކުރިމަތިލާފައިވާއިރު އެނާ އެމަގާމުގައި ހުރުމަށް ވޯޓްގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 51 މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ނައިބް ރައީސްގެ މަގާމަށް ވެސް ކުރިން އެމަގާމުގައި ހުރި އިސްމާއިލް އަލީ އެކަނި ކުރިމަތިލާފައިވާއިރު އިސްމާއިލްއާ އެއްކޮޅަށް ވޯޓް ދިނީ 50 މެމްބަރުންނެވެ. ހަޒާންދާރުގެ މަގާމަށް 48 ވޯޓާއި އެކު ހޮވުނީ އަލީ ޝަމީމްއެވެ.

ޖުމްލަ 57 މެމްބަރުންނާއި އެކު ކުރިއަށް ގެންދިޔަ އެ އިންތިހާން ގައި ވަނީ ސްވިމިން އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމެޓީ ވެސް އިންތިހާބް ކޮށްފައެވެ. އާންމު މެންބަރުން ތަމްޞީލްކުރެއްވުމަށް އިންތިޚާބުވެވަޑައިގެންވި 3 ބޭފުޅުންނަކީ މުޙައްމަދު ސަމީރު (56 ވޯޓު) އާއި ޙަސަން ސިރާރު (55 ވޯޓު) އަދި ޔާމީން ފައިސަލް އިބްރާޙީމް (36 ވޯޓު) އެވެ.

އެސޯސިއޭޝަނުގެ 5 މެންބަރު ކްލަބުން، އެސޯސިއޭޝަނުގެ ހިންގާކޮމިޓީގައި އެކްލަބުތައް ތަމްޞީލްކުރުމަށް އިންތިޚާބުކުރީ ހަތަރު ވޯޓާއި އެކު އަޙްމަދު ފަޔާޟް އެވެ.