ޝީޝާއިން ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ "ސައިކަލު ތާސްޓް" ޕްރޮމޯޝަން، ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ފަށައިފި އެވެ.

ޝީޝާގެ ހެޑް އޮފް މާކެޓިން ފާތިމަތު ޖުމާން "ސަން"އަށް ވިދާޅުވީ، ޝީޝާއިން ކުރިޔަށް ގެންދާ އެ ޕްރޮމޯޝަނުގައި، ހުރިހާ ސައިކަލަކުން ވެސް ޚާއްސަ އަގެއް ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަނުން މި ލިބެނީ ވަރަށް ޚާއްސަ އަގެއް. ހުރިހާ ސައިކަލަކުން، ހުރިހާ ބޭފުޅުންނަށް ވެސް. ވަކި މޮޑެލްއެއް ޗޫސްކޮށްގެން، ނޫނީ ގުރުއަތު ނަގައިގެންނެއް ނޫން. ހަމަ ހުރިހާ ސައިކަލަކުން ވެސް ޚާއްސަ އަގެއް މި ދެނީ،" ޖުމާން ވިދާޅުވި އެވެ.

ޝީޝާ ޝޯރޫމް: ޝީޝާއިން ކުރިޔަށް ގެންދާ އެ ޕްރޮމޯޝަނުގައި، ހުރިހާ ސައިކަލަކުން ވެސް ޚާއްސަ އަގެއް ލިބޭނެ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ޖުމާން ވިދާޅުވީ، ޕްރޮމޯޝަންގެ ދަށުން ސައިކަލުތަކުގެ އަގުތައް 5،000 ރުފިޔާއާ ހަމައަށް އަގު ހެޔޮ ކޮށްފައި ވާނެ ކަމަށެވެ.

ސައިކަލު ތާރސްޓް ޕްރޮމޯޝަން ފަށާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މި ޕްރޮމޯޝަން ރަމަޟާން މަސް ނިމެންދެން ކުރިޔަށް ދާނެ ކަމަށް ޝީޝާއިން ބުނެ އެވެ. މިއީ ޖެހި ޖެހިގެން ތިންވަނަ އަހަރު މި ޕްރޮމޯޝަން ބާއްވާ ފަހަރެވެ. މީގެ ކުރިން މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ހަމައެކަނި މާލޭގައި ނަމަވެސް، މި ފަހަރު ޝީޝާގެ ހުރިހާ އައުޓްލެޓަކުން މި ޕްރޮމޯޝަން ކުރިޔަށް ދާ އިރު، ޝީޝާގެ ހެޑް އޮފް މާކެޓިންގ ޖުމާން ވިދާޅުވީ، މި ޕްރޮމޯޝަން ހުޅުމާލޭގައާއި އައްޑޫ ސިޓީގައި ވެސް ވަރަށް ފޯރިއާ އެކު ކުރިޔަށް ދާ ކަމަށެވެ.

ޖުމާން ވިދާޅުވީ، މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ހުރިހާ ސައިކަލަކަށް ދޭ ޚާއްސަ އަގުގެ އިތުރުން، އެ ސައިކަލުގެ ފުރަތަމަ ސާވިސް ކުރުމުގެ ޚިދުމަތް ޝީޝާއިން ފޯރުކޮށްދޭނީ މުޅިން ހިލޭ ކަމަށެވެ.

"އިންސްޓޯލްމެންޓަށް ނަގާ ސައިކަލެއް ނެގިޔަސް ހަމަ ސޭމް ތިންގް އެޕްލައިސް. އިންސްޓޯލްމެންޓް އޮޕްޝަންސް ފެށޭނީ މި ޚާއްސަ އަގުން. އަދި އިތުރަށް އޭގެ ފަސްޓް ސާވިސް ވެސް ފްރީ ވާނެ،" ޖުމާން ވިދާޅުވި އެވެ.

އޭގެ އިތުރުން ޝީޝާގެ ސާވިސް ސެންޓަރުތަކުން ގިނަ ޕްރޮޑަކްޓްތަކާ ސާވިސްތަކަކުން ޑިސްކައުންޓް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ސާވިސްއަކުން ވެސް، ސްޕެއާ ޕާޓްސްއިން ވެސް، އަދި ހޮންޑާ ޕަވާ ޕްރޮޑަކްޓްސްއިން ވެސް ޑިސްކައުންޓްސް. ރޯދަ މަހަށް ސައިކަލު އާކޮށްލަން ބޭނުން ނަމަ މިއީ ރަނގަޅު ޗާންސެއް،" ޖުމާން ވިދާޅުވި އެވެ.

މީގެ އިތުރުން ޖުމާން ވިދާޅުވީ، ޝީޝާގެ އިންސްޓޯލްމެންޓް ޕްލޭންސްގައި ވަރަށް ލުއި އޮޕްޝަންތަކެއް ހުށަހަޅާ ކަމަށެވެ.

"ގިނަ ތަންތަނުން އިންސްޓޯލްމެންޓަށް ފިކްސްޑް އަގެއް ދީފައި އޮންނަނީ. މިސާލަކަށް ދެ އަހަރުން ދައްކައި ޚަލާސްކުރަން ވަކި އަގެއް އިންނަނީ. ޝީޝާގެ ތަފާތަކީ، ދެ އަހަރަށް ނަގާފައި، ކަސްޓަމަރު ޕޭމެންޓް ނިންމާލީ އެއް އަހަރުން. ނިންމާލުމުން ބާކީ ޗާޖުތައް ކަނޑާލާނެ. ފިކްސްޑް އެމައުންޓެއް ނޫން ޗާޖު ކުރަނީ،" ޖުމާން ވިދާޅުވި އެވެ.

ޝީޝާއަކީ ހޮންޑާ ބްރޭންޑުގެ، ރާއްޖޭގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ އެވެ. ޝީޝާއިން ރާއްޖެ އެތެރެކުރާ ސައިކަލުތައް ސީދާ ހޮންޑާއިން އިމްޕޯޓު ކުރާ އިރު، އެ ސައިކަލުތައް ރާވައި ހަދަނީ ޝީޝާއިންނެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު ހުޅުވި ޝީޝާއިން، މިހާރު ހޮންޑާ ބްރޭންޑުގެ 10 އަށް ވުރެ ގިނަ މޮޑެލްގެ ސައިކަލު ވިއްކަ އެވެ.