Back
Nov 21, 2025 SUN
SUN

France in missrah dhathuru kuri flight vettunukan France ge Raees yageen kohdhevvaifi

France in missrah dhathuru kuri flight vettunukan France ge Raees yageen kohdhevvaifi
Lead photo
France in missrah dhathuru kuri flight vettunukan France ge Raees yageen kohdhevvaifi
France in missrah dhathuru kuri flight vettunukan France ge Raees yageen kohdhevvaifi

Last Updated:
10 year 6 month ago

ގެއްލުނު ބޯޓު ވެއްޓިފައިވާ ކަން ފްރާންސުގެ ރައީސް ޔަގީންކޮށްދެއްވައިފި

    ބުލޮގު ޚުލާސާ

    ކައިރޯ (މޭ 19): ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރި އިޖިޕްޓްއެއާގެ މަތިންދާބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް އެއެއާލައިނުން ބުނެފި އެވެ.

    ގެއްލުނު އެއާބަސް އޭ320 މަރުކާގެ އެމްއެސް804 ފްލައިޓުގައި ތިބީ 59 ފަސިންޖަރުންނާއި 10 ކުރޫއިންނެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް އިޖިޕްޓްއެއާ އިން ބުންޏެވެ.

    އެމްއެސް804 ރާޑަރުން ގެއްލުނު އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިރުމަތީ މެޑިޓެރޭނިއަންގެ 11،300 މީޓަރު މަތިން ކަމަށާއި ބޯޓާ ގުޅުން ކެނޑުނީ ކައިރޯގެ ގަނޑިން 02:30 ގައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި އޭރު ބޯޓު އޮތީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރޭގައި ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

    އިޖިޕްޓްއެއާގެ ވައިސް ޗެއާމަން، އަހުމަދު އަބްދުލް ވިދާޅުވީ ބޯޓު ގެއްލުމުގެ ކުރިން ބޯޓަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ޕައިލަޓުން އަންގާފައި ނުވާ ކަމަށެވެ.

    މިސްރުން މިހާރު ދަނީ ގްރީސްގެ ކަމާ ބެހޭ ފަރާތްތަކާއެކު ބޯޓު ހޯދުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

    16:00ރުގިއްޔާ މުހައްމަދު މޫސާ

    ކައިރޯ (މޭ 19): ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އިޖިޕްޓްއެއާގެ މަތިންދާބޯޓު ކަނޑަށް ވެއްޓިފައިވާ ކަން މިސްރުގެ ރައީސް، ފްރާންސުވާ ހޮލާންޑޭ ކަށަވަރުކޮށްދެއްވައިފި އެވެ.

    ފްރާންސުގެ ޓީވީން ދެއްކި ޕްރެސް ކޮންފަރެންސެއްގައި ހޮލާންޑޭ ވިދާޅުވީ ބޯޓު ވެއްޓުނު ކަން ޔަގީންވި ނަމަވެސް ބޯޓު ވެއްޓެން މެދުވެރި ސަބަބު އަދި ނޭނގޭ ކަމަށެވެ.

    "އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ޔަގީން ވަނީ ބޯޓު ވެއްޓިފައިވާ ކަމާއި ގެއްލިފައިވާ ކަން. އެބޯޓުގައި ތިބި ކުރޫ މެމްބަރުންނާއި ސަލާމަތީ ފަރާތްތައް ހިމަނައިގެން ބޯޓުގައި ދަތުރު ކުރި މީހުންގެ އަދަދު 66ށް އަރާ. އޭގެ ތެރޭގައި ފްރާންސުގެ 15 ރައްޔިތުން ހިމެނޭ،" ހޮލާންޑޭ ވިދާޅުވި އެވެ.

    އަދި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދަން ވާނެ ކަމަށް ވިދާޅުވެ ހޮލާންޑޭ ވަނީ ބޯޓުގައި ދަތުރު ކުރި ފަރާތްތަކުގެ އާއިލާއަށް ހަމްދަރުދީ ފޮނުއްވާފަ އެވެ.

    މީގެ އިތުރުން، ނަން ހާމަ ކުރަން ބޭނުން ނުވާ މިސްރުގެ ސިވިލް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޯޓު ވެއްޓުނު ކަން ޔަގީން ވަނީ ބޯޓު ގެއްލުނު ސަރަހައްދުގެ ކައިރީގައިވާ އެއްވެސް އެއާޕޯޓަކަށް ބޯޓު ޖައްސާފައި ނުވާ ކަން މިހާތަނަށް ހޯދި ހޯދުން ތަކުން އެނގިފައި ވާތީ ކަމަށް ވިދާޅުވެފަ އެވެ. އަދި ގްރީސްގެ އެއާ ޓްރެފިކް ކޮންޓްރޯލާސް ބޯޑުގެ ވެރިޔާ ވަނީ ބޯޓު އަދިވެސް ވައި މަތީގައި އޮތުމުގެ "އެއްވެސް ފުރުސަތެއް" ނެތް ކަމަށް ވިދާޅުވެފަ އެވެ. މިސްރުގެ އިތުރުން ގްރީސް އިން ވެސް ދަނީ ގެއްލިފައިވާ އެއާބަސް އޭ320 މަރުކާގެ އެމްއެސް804 ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

    ފްރާންސުގެ ޕްރޮސިކިއުޓަރުން ވަނީ ހާދިސާ ހިނގާ ދިޔަ ގޮތް ބެލުމަށް އެގައުމުން ވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. (ގާޑިއަން)

    13:06ރުގިއްޔާ މުހައްމަދު މޫސާ

    ބޯޓު ވެއްޓުނީ ކަމަށް ނިންމަން އަދި މާއަވަސް ކަމަށް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި

    ގެއްލުނު ބޯޓުން "ޑިސްޓްރެސް ކޯލެއް" ފޮނުވާފައި ނުވާ ކަމަށާއި، ނަމަވެސް ބޯޓާ ގުޅުން ކެނޑުނު ފަހުން "ސިގްނަލެއް" ފޮނުވާފައިވާ ކަމަށް މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއީލް ވަނީ ވިދާޅުވެފަ

    ބޯޓު ހޯދުމުގެ މަސައްކަތުގައި މިސްރުގެ އަސްކަރިއްޔާ އާއި ކަނޑު ބޯޓުތަކުން ވަނީ ހަރަކާތްތެރިވާން ފަށާފަ.

    ފްރާންސުން މިސްރަށް ދަތުރު ކުރަނިކޮށް ގެއްލުނު އެމްއެސް804 -- ފޮޓޯ: އެއާޓައިމް
    11:33ރުގިއްޔާ މުހައްމަދު މޫސާ


    • ބޯޓާ ގުޅުން ކެނޑުމުގެ ގާތްގަނޑަކަށް ދެ ގަޑި އިރު ފަހުން ބޯޓުން ޑިސްޓްރެސް ސިގްނަލެއް ފޮނުވާފައިވާ ކަމަށް އިޖިޕްޓްއެއާ އިން ބުނެފި
    • ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި މިސްރުގެ 30 ރައްޔިތުންނާއި ފްރާންސުގެ 15 ރައްޔިތުންނާއި އިތުރު 10 ގައުމެއްގެ ރައްޔިތުން ހިމެނޭ
    • ބޯޓު ގެއްލެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަން އަދި ނިންމެން ނެތް ކަމަށާއި ބޯޓު ހޯދުމުގެ މަސައްކަތުގައި ބައިވެރިވާން ފްރާންސުން ތައްޔާރަށް އޮތް ކަމަށް ފްރާންސުގެ ބޮޑުވަޒީރު މެނުއެލް ވޯލްސް ވަނީ ވިދާޅުވެފަ.

    ތަންތީގައި އެއްބަސް

    މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

    Back to feed

    Browse topics