18 May 2016, 16:57
ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި މއ. ތަރިޖެހިއާގެ މުހައްމަދު އަފީފު ހުސައިން އެ މަގާމުން ވަކިވެއްޖެ އެވެ.
އަފީފު "ސަން" އަށް މިއަދު ވިދާޅުވީ، އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު އޭނާ ހުންނެވީ ޕަބްލިކް ވާކް ސާވިސްގެ ޑިރެކްޓަރު ޖެނަރަލްގެ މަގާމުގައި ކަމަށް އަފީފު ވިދާޅުވި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސްޓެލްކޯގެ ޗެއާމަންކަމުން އަފީފު މިއަދު ވަކި ކުރައްވާފައިވާ ކަމަށެވެ.
Effective 18 May 2016, PCB has dismissed Mohamed Afeef Hussain, Ma.Tharijehi Aage from the Chair of STELCO.
— Mohamed Nizar (@nixaar)May 18, 2016
އަފީފު ވަނީ ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމު ދެ އަހަރަށް ވުރެ ގިނަ ދުވަހު އަދާކުރައްވާފަ އެވެ.