އިކުއެޑޯގެ ހުޅަނގަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް މީޓިއޮރޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ.

ބިންހެލުން އައިސްފައި ވަނީ އެކުއެޑޯގެ ވެރިރަށް ކީޓޯގެ ހުޅަނގުއުތުރުން 156 ކިލޯމީޓަރު ދުރުންނެވެ. އަދި ބިންހެލުން އައީ 32 ކިލޯމީޓަރު އަޑިން ކަމަށް ޔޫއެސްޖީއެސް އިން ބުންޏެވެ. ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައި ނުވެ އެވެ.

އިކުއެޑޯގެ އައްސޭރިފަށަށް މިދިޔަ މަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެ، 2،500 މީހުންނަށް އަނިޔާވި އެވެ. އެހާދިސާގެ ސަބަބުން އިކުއެޑޯގެ އައްސޭރިފަށުގައި އޮންނަ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ހާސްބަޔަކު ކަރަންޓާ ނުލާ ދިރިއުޅެން ޖެހުނެވެ. (އާރްޓީ)