18 May 2016, 10:24
ރަމަޟާން މަހަށް ހާއްސަކޮށްގެން ކާބޯތަކެތީގެ ނައިޓް މާކެޓެއް ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ނައިޓް މާކެޓު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާ މިންގަނޑު:
ނައިޓްމާރކެޓް ރާވާ ހިންގުމަށް ހުށަހަޅާގޮތް (އިވެންޓް ކޮންސެޕްޓް) – 50 ޕަސެންޓު
- ނައިޓްމާރކެޓް ރާވާ ހިންގުމަށް ހުށަހަޅާ ފީ 50 ޕަސެންޓު
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލިއުއޭޓު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ އެއް ފަރާތަށް އެ އިވެންޓް އޮގަނައިޒުކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާގެ މެންދުރު 1:00ގައި އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.
އިވެންޓު އޮގަނައިޒުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހަޅަންވާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.