ސްޕެއިންގެ ގައުމީ ޓީމުގައި މީގެ ކުރިން މޮޅު ކުޅުމެއް ދެއްކި ފެނާންޑޯ ޓޮރެސް އާއި ހުއާން މާޓާ އަދި ޑިއެގޯ ކޯސްޓާ ނުހިމަނައި، އަންނަ މަހު ފަށާ ޔޫރޯ މުބާރާތައް ސްޕެއިން އިން ނެގި ވަގުތީ ސްކޮޑް އިއުލާންކޮށްފި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޓޮރޭސް އާއި މެންޗެސްޓާ ޔުނައިޑެޓްގެ މާޓާ އަދި މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ޑިއޭގޯ ކޯސްޓާގެ އިތުރުން، ސްޕެއިން ސްކޮޑުން ދެން ބާކީ ވެފައި ވަނީ ބަޔާން މިއުނިކްގެ ޑިފެންޑަރު ހާވިއޭ މާޓިނޭޒް އާއި އާސެނަލްގެ މިޑްފިލްޑާ ސެންޓި ކަޒޯލާ އެވެ.

ސްޕެއިންގެ ކޯޗު ޑެލްބޮސްކޭ މިއަދު އިއުލާން ކުރި ވަގުތީ ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު ކުޅުންތެރިންނަށް ބަލާ އިރު އެތުލެޓިކޯ މެޑްރިޑްގެ ޒުވާން މިޑްފިލްޑަރު ސައުލް ނިގުއިޒް އާއި ރެއާލް މެޑްރިޑްގެ ވިންގާ ލޫކަސް ވަޒްކުއިޒް އަށް ވަނީ ޖާގަ ދީފައެވެ.

އަންނަ މަހު 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސްޕެއިން އިން އެކުވެރި ކަމުގެ ތިން މެޗު ކުޅުމަށް ތާވަލު ކުރެވިފައިވާއިރު މި މި މަހުގެ 31 ގެ ކުރިން 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާން ކުރާނެއެވެ.

ސްޕެއިން ސްކޮޑް:

ގޯލް ކީޕަރުން: އިކާ ކަސިލަސް(ޕޯޓޯ)، ޑޭވިޑް ޑެހާ(މެންޗަސްޓާ ޔުނައިޓެޑް)، ސާޖިއޯ ރިކޯ(ސެވިއްޔާ)

ޑިފެންޑަރުން:ސާޖިއޯ ބިސްކޮޓް (ބާސެލޯނާ)، އަންދްރޭ އިނިއެސްޓާ(ބާސެލޯނާ)، ޑޭވިޑް ސިލްވާ(މެންޗަސްޓާ ސިޓީ)، މިކައިލް ސަން ޖޯސް(އެތުލެޓިކް ބިލްބާއޯ)، ކޯކި(އެތުލެޓިކޯ މެޑްރިޑް)، ސައުލް ނިގުއިޒް(އެތުލެޓިކޯ މެޑްރިޑް)، ސެސް ފެބްރިގާޒް(ޗެލްސީ)، ތިއާގޯ އަލިސެންޓްރާ(ބަޔާން މިއުނިކް)، އިސްކޯ(ރެއާލް މެޑްރިޑް)، ބުރޫނޯ ސޮރިއާނޯ(ވިޔަރެއާލް)

ފޯވާޑުން:ޕެޑްރޯ ރޮޑްރިގޭޒް(ޗެލްސީ)، އަލްވާރޯ މޮރާޓޯ(ޔުއެންޓަސް)، އަރްޓިޒް އަޑްރިޒް(އެތުލެޓިކް ބިލްބާއޯ)، ނޮލިޓޯ(ސެލްޓާ ވިގޯ)، ލޫކަސް ވަޒްކުއިޒް(ރެއާލް މެޑްރިޑް)