ގިނަ ބައެއްގެ އެދުމުގެ މަތިން، ގައުމީ ދާރުލްއާސާރު ހޮނިހިރު ދުވަހުވެސް ހުޅުވާފައި ބަހައްޓާގޮތަށް ނިންމާފައި ވާކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން ބުނީ ހޮނިހިރު ދުވަހު ދާރުލްއާސާރު ހުޅުވާފައި ބަހައްޓަން ނިންމީ އެދުވަހު ދާރުލްއާސާރަށް ޒިޔާރަތް ކުރުމަށް އެދެމުންދާ ފަރާތްތައް އިތުރުވަމުން އަންނާތީ ކަމަށެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު 12:15 އިން ހަވީރު 17:30 ށް ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށް ހެރިޓޭޖުން ބުނެ އެވެ.

ބަންދު ނޫން ދުވަސްތަކުގައި ދާރުލްއާސާރު ހުޅުވާފައި ހުންނަނީ ހެނދުނު 10:14 އިން ފެށިގެން 15:30 އަށެވެ.