17 May 2016, 08:49
ވުލްވަރިންގެ އެންމެ ފަހު ފިލްމު، ވުލްވަރިން 3"ގައި ޕްރޮފެސަރު ޒޭވިއާ ނުވަތަ ޕްރޮފެސަރު އެކްސްގެ ރޯލުން، ޕެޓްރިކް ސްޓުއާޓް ފެނިގެންދާނެ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ. ގިނަ ބަޔަކު އުއްމީދު ކުރަނީ ވެސް އެ ރޯލުން އޭނާ ފެނުމަށެވެ.
ނަމަވެސް އެކަން މިވަނީ ކަށަވަރުވެފަ އެވެ. ފިލްމުގައި "ޕްރޮފެސަރު އެކްސް"ގެ ރޯލުން ފެނިގެންދާނެ ކަން ކަށަވަރު ކޮށްދިނީ، ހުދު ސްޓުއާޓްއެވެ. އެކަން ސަޕޯޓަރުންނަށް ޔަގީންކޮށްދިނުމަށް އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ، އެކަމަކީ އެންމެ ގޯސްކޮށް ފޮރުވިފައި އޮތް ސިއްރު ކަމަށެވެ.
Worst kept secret.#ProfessorX#Wolverine3pic.twitter.com/zXpmW4gRjD
— Patrick Stewart (@SirPatStew)May 14, 2016
ސްޓުއާޓް އަށްފަހު ފިލްމުގެ ޕްރޮޑިއުސަރު ހަޗް ޕާކާ ވެސް ވަނީ ޕްރޮފެސަރު އެކްސްގެ ރޯލުން ސްޓުއާޓް ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.
ވުލްވަރިންގެ ރޯލުން ހިއު ޖެކްމަން ފެނިގެންދާނެ އެންމެ ފަހު ފިލްމު، "ވުލްވަރިން 3" ހަދާފައި ވަނީ މާވެލް ކޮމިކްސް އަށް، މާކް މިލާ ލިޔަމުން އަންނަ ވުލްވަރިން ސީރީޒްގެ އަށް ވަނަ ފޮތް، "ވުލްވަރިން: އޯލްޑް މޭން ލޯގަން" ގެ މައްޗަށް ކަމަށް ވަނީ ބެލެވިފަ އެވެ.
ފިލްމު، "ވުލްވަރިން 3" ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހު އެވެ.