މެންޗަސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފާޑް ހިމަނައިގެން އިނގިރޭސިން ޔޫރޯ އަށް ތައްޔާރުވާން ނެގި 26 ކުޅުންތެރިންގް ސްކޮޑް އިއުލާން ކޮށްފިއެވެ.

މެންޗަސްޓާ ޔުނައިޓެޑަށް މި ސީޒަންގެ ފަހުކޮޅު ގުޅުނު އުމުރުން 18 އަހަރުގެ ފޯވާޑް ވަނީ އެ ޓީމަށް ކުޅުނު 10 މެޗުގައި ހަތް ގޯލު ކާމިޔާބުކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

"ރަޝްފާޑް އަށް ފައިނަލް ސްކޮޑުން ވެސް ޖާގަ ނުލިބެންވީ ސަބަބެއް ނެތް. އޭނާގެ ފަރާތުން އެކަށީގެންވާ ރަނގަޅު ކުޅުމެއް ފެނިއްޖެ ނަމަ ސްކޮޑުގައި ހުންނާނެ. މިއީ ބައެއް މީހުންނަށް ބަލަން ވަރަށް އުދަނގޫ މަންޒަރެކަށް ވެދާނެ،" އިނގިރޭސިންގެ ކޯޗު ރޮއީ ހޮޑްސަން ބުންޏެވެ.

ހޮޑްސަން ނެގި 26 ކުޅުންތެރިންގެ ސްކޮޑު މި މަހުގެ 31 ކުރިން 23 ކުޅުންތެރިންނަށް ކުޑަކުރަންޖެހޭ އިރު އެ ސްކޮޑްގައި މުޅިން ވެސް ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ސްކޮޑުން ޖާގަ ގެއްލުނު މުހިންމު ކުޅުންތެރިއަކީ އާސެނަލްގެ ފޯވާޑް ތިއޯ ވެލްކޮޓް އާއި އެވަޓަންގެ ޑިފެންޑަރު ފިލް ޖަގިއަލްކާއެވެ.

އިނގިރޭސިންގެ 26 ކުޅުންތެރިންގެ ސްކޮޑް

ގޯލު ކީޕަރުން:ޖޯ ހާޓް(މެންޗަސްޓާ ސިޓީ)، ފްރަސާ ފޯސްޓާ(ސައުތެމްޓަން)، ޓޮމް ހީޓަން(ބާންލީ)

ޑިފެންޑަރުން: ރަޔަން ބާޓްރެންޑް(ސައުތެމްޓަން)، ގެރީ ކަހިލް(ޗެލްސީ)، ނަތަނިއަލް ކަލައިނީ(ލިވަޕޫލް)، ޑެނީ ރޯސް(ޓޮޓެނެހަމް) ކުރިސް ސްމެލިން(މެންޗަސްޓާ ޔުނައިޓެޑް)، ޖޯން ސްޓޯންސް(އެވަޓަން)، ކައިލް ވާލްކާ(ޓޮޓެންހަމް).

މިޑްފީލްޑަރުން: ޑެލި އަލީ(ޓޮޓެންހަމް)، ރޮސް ބާކްލީ(އެވަޓަން)، ފަބިއަން ޑެލްފް(މެންޗަސްޓާ ސިޓީ)، އިރިކް ޑިއާ(ޓޮޓެންހަމް)، ޑެނީ ޑްރިންކް ވޯޓާ(ލެސްޓާ ސިޓީ)، ޖޯޑަން ހެންޑާސަން(ލިވަޕޫލް)، އެޑަމް ލަލަނާ(ލިވަޕޫލް)، ޖޭމްސް މިލްނާ(ލިވަޕޫލް)، ރަހީމް ސްޓާލިން(މެންޗަސްޓާ ސިޓީ)، އެންޑްރޮސް ޓައުންސެންޑް(ނިއުކާޝަލް ޔުނައިޓެޑް)، ޖެކް ވިލްޝާ(އާސެނަލް).

ފޯވާޑުން: ހެރީ ކޭން( ޓޮޓެންހަމް)، މާކަސް ރަޝްފާޑް(މެންޗަސްޓާ ޔުނައިޓެޑް)، ވޭން ރޫނީ(މެންޗަސްޓާ ޔުނައިޓެޑް)، ޑެނިއަލް ސްޓްރިޖް(ލިވަޕޫލް)، ޖެމީ ވާޑީ( ލެސްޓާ ސިޓީ).