ނިއުޒިލަންޑް ކޮމަންވެލްތު ސްކޮލަޝިޕްސް 2016 އެވޯޑްސް އަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ކުރިން އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ކުދިންތަކެއްގެ އެދުމުގެ މަތިން، އެ ސްކޮލާޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ ބުދަ ދުވަހުގެ 13:30 އި ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

އަދި ފޯމު ހުށަހަޅާ ފަރާތްތަކުން ނިއުޒިލެންޑުގެ ޔުނިވާސިޓީއަކުން ހޯދަން ޖެހޭ ޕްލޭސްމެންޓް ނުވަތަ ކޮންޑިޝަނަލް އޮފާ ލެޓާ ހުށަހެޅުމުގެ ސުންގަޑި، މި މަހުގެ 25 ވަނަ ދުވަހުގެ 13:30 ށް އިތުރުކޮށްފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުގެ އިއުލާނުގައިވެ އެވެ.

ނިއުޒިލަންޑް ކޮމަންވެލްތު ސްކޮލަރޝިޕްސް 2016 އެވޯޑްސްގެ ދަށުން ދިނުމަށް ހަމެޖެހިފައި ވަނީ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތެކެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ ޑިޕާޓްމަންޓުގެވެބްސައިޓުންލިބެންހުންނާނެ އެވެ.